ފަސް އަހަރު ހިންގަން ޖެހޭ ކަރަންޓު މަޝްރޫއު ލަސްވުމުން 13 ޖަނަރޭޓަރު ގެންނަނީ

މާލެ ސަރަހައްދުގެ އާބާދީ އިތުރުވިނަމަވެސް ކަރަންޓުގެ ލޯޑު އިތުރުކުރަން މިދިޔަ ފަސް އަހަރު މަސައްކަތެއް ނުކުރެ އެވެ. އެހެންވެ އެކަން ހައްލު ހޯދަން ސްޓެލްކޯގެ އާ މެނޭޖުމަންޓުން ވަނީ ޖަނަރޭޓަރުތަކެއް ގެނައުމުގެ މަސައްކަތް ފަށާފަ އެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމް ކުރި އިންޖީނުގެ އެމްޑީގައި ހުސެއިން ފަހުމީ

މާލެ ސަރަހައްދުގެ ކަރަންޓު ކެނޑުން ހައްލުކުރަން ލޯޑާ އެއްވަރަށް ގެންނަ ނަމަ ކޮންމެ ފަސް އަހަރަކުން ކަރަންޓުގެ ބޮޑު މަޝްރޫއެއް ހިންގަން ޖެހެ އެވެ. ސަބަބަކީ ކުއްލިކުއްލިއަކަށް ޕްލޭނުން ބޭރުން މާލެ ސަރަހައްދުގައި އާބާދީ އިތުރު ވުމެވެ. ނަމަވެސް މިދިޔަ ފަސް އަހަރު މީގެ ކަރަންޓު މަޝްރޫއެއް ނުހިންގުމުގެ ނަތީޖާއަކީ ސްޓެލްކޯއަށް ލޯޑު ބޮޑުވުނެވެ. އެހެންވެ އެކަން ހައްލު ކުރަން މާލެ ސަރަހައްދުގައި ބޭނުން ކުރަން 13 ޖަނަރޭޓަރެއް ވަކިން ގަނެގެން ގެންނަން ސްޓެލްކޯއަށް ޖެހިއްޖެ އެވެ. 

މިކަން ހާމަކުރެއްވީ ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. 

ފަހުމީ ވިދާޅުވި ގޮތުގައި އާބާދީއާ އެއްވަރަށް ކަރަންޓުގެ ލޯޑު ޖެންސުމަށްޓަކައި ހިންގަން ނިންމާފައިވާ ސިސްތް ޕަލާ ކަރަންޓު މަޝްރޫއު ލަސްވުމުގެ ސަބަބުން އެކަމަށްވެސް މިވަގުތަށް ހައްލުތަކެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަަށާފަ އެވެ. އެގޮތުން 13 ޖަނަރޭޓަރު ގެންނަން މިހާރު ވަނީ އޯޑަރު ޖަހާފަ އެވެ. 

"މި މަޝްރޫއު ލަސްވި ސަބަބަކީ ތިލަފުއްޓަށް ނުވަތަ ގުޅީފަޅަށް މަޝްރޫއު ބަދަލު ކުރަން ވިސްނުން. އެހެންނަމަވެސް އެ ޕްރޮޖެކްޓް ލަސްްވިނަމަވެސް ޕީކަށް ގޮސް ކަރަންޓު ކެނޑުންފަަދަކަމެއް ވިޔަޔަ ނުދޭނަން. އެ އިންޖީނުތަކަށް 13 އިންޖީނަށް އޯޑަރު ކުރެވިފައި ވަނީ. އިރާދުކުރެއްވިއްޔާ އެވެސް ކަހަލަ ކަރަންޓު ޝޯޓޭޖެއް ނާންނާނ،" ފަހުމީ ވިދާޅުވި އެވެ. 

މާލެ ސަރަހައްދުގެ އާބާދީ 38 ޕަސެންޓް އިތުރުވެއްޖެ

ފަސް އަހަރު ދުވަސް ކުރީގައި އޮތް އާބާދީއާ އަޅާބަލާއިރު މާލެ ސަރަހައްދުގެ އާބާދީ ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. އެކަމަކު މި އާބާދީ އަށް ބޭނުން ވާނެ ކަރަންޓު އުފައްދާ ނިޒާމުތަކެއް މިދިޔަ ފަސް އަހަރު ގެނެސްދެވިފައެއް ނެތެވެ. ސްޓެޓިސްޓިކް ޑިޕާޓްމަންޓުން އެންމެފަހުން ހެދި ބޯހިމެނުގެ ހިސާބުތައް ދައްކާ ގޮތުން މާލެ ސަރަަހައްދުގައި 2014 ވަނަ އަހަރުގެ އާބާދީއަކީ 153،904 މީހުންނެވެ. ނަމަވެސް ބޯހިމެނި 2022 ވަނަ އަހަރު މާލެ ސަރަހައްދުގެ އާބާދީއަކީ 212،138 މީހުންނެވެ. 
އަށް އަހަރަށް ބަލާނަމަ އާބާދީ ވަނީ 58،234 މީހުން އިތުރުވެފަ އެވެ. 2014 ގެ ބޯހިމެނުނާ އަޅާބަލާއިރު ވަނީ އާބާދީ 38 ޕަސެންޓް އިތުރުވެފަ އެވެ. މިއީ އަހަރަކަށް ބަލާނަމަ މާލެ ސަރަހައްދުގެ އާބާދީ ހަތަރު ޕަސެންޓް އިތުރުވެފައިވެ އެވެ. 

ސްޓެލްކޯ ޖެނެރަލް އިބްރާހިމް ނާޝިދު ވިދާޅުވީ މި 13 އިންޖީނަކީ އަންނަ އަހަރުގެ ޕީކަށް ތައްޔާރު ވުމުގެ ގޮތުން ގެންނަ އިންޖީނުތަކެއް ކަމަށާ މިއީ 2،000 ކޭވީއައިގެ އިންޖީނުތަކެކެވެ. 

"ޓެންޑަކޮށްގެން 13 އިންޖީނަށް ވަނީ އޯޑަރު ކުރެވިފަ. ފޯކާސްޓްތަކާ ދިމާވާ ގޮތަށް ކޮންޓިންޖެންސީ އެބަ ގެންގުޅެން،" ނާޝިދު ވިދާޅުވި އެވެ. 

ކަރަންޓު މަޝްރޫއު ނުހިންގުމަކީ ގެއްލުމެއް

މާލެ ސަރަހައްދުގައި ކަރަންޓުގެ މަޝްރޫއެއް އެންމެފަހުން ހިންގީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެއްޓެވި ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެވެ. ހުޅުލޭގައި 50 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އުފެއްދުމުގެ ގޮތުން ޗައިނާގެ ލޯނާއެކު ފެށި މި މަޝްރޫއު ނިމި ދަނީ ކަރަންޓު ދެމުންނެވެ. ނަމަވެސް އޭގެފަހުން ހުޅުމާލެ މާސްޓަ ޕްލޭންގެ ބޭރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތި ތަކެއް ދިނުމުގެ ސަބަބުން ކުރިން އަންދާޒާ ނުކުރެވޭ އާބާދީއެއް މި ސަރަހައްދަށް އިތުރުވުމުގެ ބިރު ވަނީ ހީވެދަ އެވެ. މީގެ ސަބަބުން ސްޓެލްކޯގައި އޮތް ކަރަންޓުގެ ކެޕޭސިޓީ 120 މެގަވޮޓް ފަހަނަ އަޅާ ދިއުމުގެ ބިރު އެބައޮތެވެ. އަދި މާލެ ސްޓެލްކޯ ގޯތިތެރޭގައި ޖަނަރޭޓަރު ބަހައްޓާނެ ޖާހައެއް މިވަގުތު ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.