އަޅުގަނޑުގެ ހިތުގައި ޔާމީނަށް އަބަދުވެސް އޮންނާނީ ގަދަރު: ރައީސް

"އޭރުގަ ވެސް މިއަދުވެސް އަދި މާދަމާ ވެސް އަޅުގަނޑުގެ ހިތުގައި ގައިމުވެސް އެމަނިކުފާނަށް [ރައީސް ޔާމީނަށް] އޮންނާނީ ގަދަރު. އަބަދުވެސް އޮންނާނެ އެ ގަދަރު،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިންގެ ފަހު ރެލީ ގައި ބައިވެރިވެވަޑައިގަންނަވަނީ -- ޔާމީން މުހައްމަދު | ދަ މިރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަބަދުވެސް އޮންނާނީ ގަދަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން އޮތީ މުޅީން ކެނޑިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގެން ހިސާބުން ދެ ރައީސުންގެ ގުޅުމަށް ހީނަރުކަން އައެވެ. އެންމެ ފަހުން ޔާމީން ވަނީ މުއިއްޒަށް އޮތް ތާއީދު އަނބުރާ ގެންނަވާ އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާފަ އެވެ.

ދައުރުގެ މިހާކުރީކޮޅު ދެ ރައީސުންގެ ގުޅުން މި ދަރަޖައަށް ހިނގައިދާނެ ކަމަށް ކުރީން އެއްވެސް ގޮތަކަށް ލަފާ ކުރެވިފައެއް ނުވެ އެވެ.

މިރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޔާމީންގެ ހައްގުގައި ކުރެެއްވީ އިހްލާސްތެރި މަސައްކަތްތަކެއް ކަމަށެވެ. ޔާމީންގެ މައްޗަށް އިއްވާފައި އޮތީ ނުހައްގު ހުކުމެއް ކަމަށާ ޖުޑީޝަރީ މިނިވަންކޮށް އެމަނިކުފާނަށް އިންސާފު ހޯދާ ދިނުމަށް އިސްވެ ކުރެއްވި ކޮންމެ މަސައްކަތުން ފެންނާނީ އިހްލާސްތެރިކަން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ މުޅި ކެމްޕެއިން ގައި ޔާމީނަށް ހާއްސަކޮށް "ހުސްގޮނޑި" އެއް ބެހެެއްޓެވީ އެމަނިކުފާނަށް އޮތް އިހްތިރާމެއްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"އޭރުގަ ވެސް މިއަދުވެސް އަދި މާދަމާ ވެސް އަޅުގަނޑުގެ ހިތުގައި ގައިމުވެސް އެމަނިކުފާނަށް [ރައީސް ޔާމީނަށް] އޮންނާނީ ގަދަރު. އަބަދުވެސް އޮންނާނެ އެ ގަދަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ އެމަނިކުފާނާއި ޕީޕީއެމް / ޕީއެންސީގެ ފުރަތަމަ ޗޮއިސް އަކީ ޔާމީން ކަމަށެވެ. އެމަނިކުފާނު ރިޔާސީ ރޭހަށް ނިކުންނެވީ އެ ފުރުސަތު ނެތުމުން ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހުންނެވީ ޔާމީނަށް ފުރުސަތު ލިބިވަޑައިގެންފިނަމަ އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް ކަމަށާ އެކަމަށް ދެ ޕާޓީގެ ސެނެޓް މެންބަރުން ހެކިވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.