އުމަރު އަދި ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ވާހަކަ ދައްކަވާކަށް ނުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަ ކޮށްލުމަށް ހަމަލާ އެއް ދިނުމަކީ ކުޅޭކުޅޭ ކަމެއްނޫން ކަމަށާ އެފަދަ ކަންކަން ލުއިކޮށްލާ، ޝައްކު އުފައްދާ ކައްޗާ ދުއްވުމުގެ ނަތީޖާ ހިތިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރައީސް ޔާމީން އަވަހާރަކޮށްލަން އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.
ޓީވީ ޝޯއެއްގައި އަބްދުއްރަހީމް ވަނީ އެއީ ރައީސް ޔާމީން ރާއްވަވައިގެން ކުރެއްވި ކަމެއް ނޫން ބާއްވައޭ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ކަމަށެވެ.
"މިހާރު ބައެއް ފަހަރު އެބަ ހީވޭ، އަޅުގަނޑަށް މިހާރު ހަމަ ދަންނަވަން ކެރިދާނެ! ފިނިފެންމާ ލޯންޗުކޮޅު ގޮވުން މިއީ [ރައީސް] ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާއޭ. އެހިސާބަށް ޔާމީންގެ ވާހަކަ ހިނގައްޖެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއް ގައި އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ؛
"ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަ ކޮށްލުމަށް ހަމަލާ އެއްދިނުމަކީ ކުޅޭކުޅޭ ކަމެއްނޫން. އެފަދަ ކަންކަން ލުއިކޮށްލާ ޝައްކު އުފައްދާ،ކައްޗާ ދުއްވުމުގެ ނަތީޖާ ހިތިވާނެ،"
އުމަރު އަދި ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ވާހަކަ ދައްކަވާކަށް ނުވާނެ ކަމަށެވެ.