ފުލުހުން ބުނީ އަމީރުއަހްމަދު މަގުގައި ހުރި ތިން އިމާރާތަކަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ތިން ގެއަކަށް ގެއްލުން ދީ ވައްކަން ކުރި މައްސަލައެއް ހުށައެޅި އެކަމާ ގުޅޭ ތަހުގީގު ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އަމީރުއަހްމަދު މަގުގައި ހުރި ތިން އިމާރާތަކަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެ އެވެ.
ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލޭގައި ވައްކަން ކުރުން އިތުރުވެ އެފަދަ މައްސަލަތައްް ރިޕޯޓް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ގެތަކާއި ފިހާރަތަކާއި ގުދަން އަދި ގަރާޖު ފަދަ ތަންތަނާުއި މިސްކިތްތަކުން ވެސް ވައްކަން ކުރެ އެވެ.