އެމަނިކުފާނު މިހެން ވިދާޅުވީ ބްރިޖު ހުޅުވިތާ ހަ އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް ހިންގައި ނިންމުނު އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުކަމަށްވާ ސިނަމާލެ ބުރިޖުގެ ހަގީގީ ރަމްޒަކީ ރާއްޖެ-ޗައިނާގެ ރަހްމަތްތެރިކަމާއި ދެ ގައުމުގެ މެދުގައި އޮތް އިތުބާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބްރިޖު ހުޅުވިތާ ހަ އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ އިންޖީނިއަރިންގެ ދާއިރާ އިން ބަލާއިރު ސިނަމާލެ ބްރިިޖަކީ ރާއްޖޭގައި ފާހަގަކޮށްލެވޭނެ މަޝްރޫއުއެެއް ކަމަށެވެ. ސިނަމާލެ ބްރިޖު ހުޅުވާ ބޭނުން ކުރަން ފެށިތާ ހަ އަހަރު ފުރުން ފަހުރުވެރިކަމާއެކު ފާހަގަ ކުރައްވަވާ ރައީސް ވިދާޅުވީ މިއީ ހަމައެކަނި ބްރިޖެއް ނޫން ކަމަށެވެ. މިއީ ރާއްޖެ-ޗައިނާގެ ރަހްމަތްތެރިކަމާއި ދެ ގައުމުގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށުނު މަޝްރޫއުގެ މަސައްކަތް ނިންމައި އޯގަސްޓު 29 ވަނަ ދުވަހު އިފުތިތާހުކުރިއިރު، އެ މަޝްރޫއަށް ހަރަދުވި ފައިސާގެ ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާގެ ހިލޭ އެހީގެ ގޮތުގަ އެވެ.
އެއީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ މި ބާވަތުގެ އެންމެ ބޮޑު މަޝްރޫ އެވެ. މިހާރު ވިލިމާލެ ބުރިޖުގެ މަސައްކަތް ދަނީ ކުރިއަށެވެ.