ފާފަކުރެވުމަކީ ދީނަށް ހިދުމަތްކުރުމަށް އޮތް ހުރަހެއް ނޫން: ހުތުބާ

ފަކުރެވުމަކީ ދީނަށް އޮތް ލޯތްބާއި ތާއީދަށް ކުޑަ ނަމަވެސް ދޯހަޅިކަމެއް އަންނަންވީ ސަބަބެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބާރުއަޅާފައިވަނީ ދީނަށް އޮތް ޣީރަތްތެރިކަމާއި ދީނަށް ނަސްރު ދިނުމަށް ފާފައިގެ ސަބަބުން އަަސަރު ނުކުރުވުމަށެވެ.

ހުކުރު ނަމާދުގެ ޖަމާއަތް

މުސްލިމުންނަށް ފާފަކުރެވިފައި ހުރުމަކީ އިސްލާމްދީނަށް ހިދުމަތް ކުރުމަށް އޮތް ހުރަހެއް ކަމުގައި ނުހެދުމަށް މިއަދުގެ ހުކުރުގެ ހުތުބާގައި އިލްތިމާސްކޮށްފި އެވެ. 

ހުތުބާގައި ފާހަގަކުރި ގޮތުގައި މުސްލިމުންނަކީ އިންސާނުން ކަމަށްވާތީ ކުށް ކުރެވޭނެ ކަމަށާއި، އަދި ކުށްކުރެވުމުން ﷲ ހަޒުރަތުގައި ފާފަ ފުއްސެވުމަށް ދެންނެވުމުން ﷲ ފާފަ ފުއްސަވާނެ ކަމަށެވެ. ނަމަވެސް އިންސާނާއަށް ކުރެވޭ ފާފަތަކުގެ ފައިދާ ހޯދުމަށް ޝައިތާނާ މަސައްކަތްކުރާ ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. 

އަދި ޝައިތާނާ އިންސާނާއަށް ވިސްނައިދޭން މަސައްކަތްކުރާނީ އޭނާއަށް ކުރެވޭ ފާފައިގެ ސަބަބުން ދީނަށް އިސްކަން ދީގެން ދީންވެރި ދިރިއުޅުމެއް އުޅުމުގެ ގާބިލުކަން ނެތިގެން ގޮސްފައިވާކަމަށް ވިސްނައިދިނުމަށް ކަމުގައި ހުތުބާގައި ބުނެފައިވެ އެވެ. 

އިތުރަށް ހުތުބާގައި ފާހަގަކުރީ މުސްލިމުންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި އުނިކަމަކީ މުސްލިމުން ދީނަށް ހިދުމަތްކުރުމުން ދުރުވާން އޮތް އުޒުރަކަށް ވެގެންނުވާނެ ކަމަށެވެ. އަދި ދީނަށް ހިދުމަތްކުރުމަކީ މުސްލިމުންގެ ބޮޑު ޒިންމާއެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ދީނަށް ހިދުމަތްކުރުމަކީ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ޒުވާނުން ޝާމިލުވާހެން އެންމެންގެ ޒިންމާއެއް ކަމަށެވެ. 

އަދި ފާފަކުރެވުމަކީ ދީނަށް އޮތް ލޯތްބާއި ތާއީދަށް ކުޑަ ނަމަވެސް ދޯހަޅިކަމެއް އަންނަންވީ ސަބަބެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބާރުއަޅާފައިވަނީ ދީނަށް އޮތް ޣީރަތްތެރިކަމާއި ދީނަށް ނަސްރު ދިނުމަށް ފާފައިގެ ސަބަބުން އަަސަރު ނުކުރުވުމަށެވެ. 

އަދި ދީނުގެ ހިދުމަތުގައި ދެމިތިބުމަކީ ކަންބޮޑުވުމާއި ހާސްކަމާއި ފިކުރުތަކުން ދުރުކޮށްދީ ހާއްޖަތްތއް ފުއްދަވައިދެއްވއި މޮޅިވެރިކަން ފިއްލެވުމުގެ ސަބަބެއްގެ ގޮތުގައި ހުތުބާގައި ފާހަގަކުރި އެވެ. 

މިއަދުގެ ހުތުބާއަކީ ފާއިތުވި ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި މައްކާގެ އިލްމުވެރިއެއް ކަމުގައިވާ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސާ ޑރ.ހަމްދާން އައްސުލަމީ އަރަބި ބަހުން ދެއްވި ހުތުބާގެ ތަރުޖަމާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.