ސިނަމާލެ ބުރިޖަށް ހަ އަހަރު؛ ބަޖެޓު ތެރެއިން ޝެޑިއުލަށްވުރެ ކުރިން ނިންމައިލެވުނު

މުއްތަލިބު ވިދާޅުވި ގޮތުގައި ޗައިނާގެ ދީލަތި އެހީގައި ހަގީގަތަކަށް ވެގެންދިޔަ ބުރިޖަކީ ރާއްޖޭގައި ހިންގޭނެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މިންގަނޑު މުޅިން އައު ހަރުފަތަކަށް އުފުލައިދިން މަސައްކަތެއް ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގައި ނިންމުނު އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުކަމަށްވާ ސިނަމާލެ ބުރިޖު ހުޅުވިތާ މިއަދަށް ހަ އަހަރު ފުރިއްޖެ އެވެ. 

އެ މުނާސަބަތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ ބުރިޖު މަޝްރޫއަކީ ރާއްޖެއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވި މަޝްރޫއެއް ކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރުވައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެތައް ގުނައަކުން އިތުރުވެގެން ދިޔަ މަޝްރޫއެއް ކަމަށެވެ. 

އެ މަޝްރޫއު ކުރިއަށްދިޔައިރު ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުއްތަލިބަކީ އެއިރު އެ މިނިސްޓްރީގެ ދަށުން އެ މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރައްވައި މަސައްކަތް ކުރިއަށްދިޔަ ގޮތް ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރެއްވި ބޭފުޅާ އެވެ. މުޅި މަޝްރޫއު ހިންގެވުމުގެ ހުރިހާ ޒިންމާއެއް އަދާކުރެއްވީ އެއިރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި ޗައިނާގެ ދީލަތި އެހީގައި ހަގީގަތަކަށް ވެގެންދިޔަ ބުރިޖަކީ ރާއްޖޭގައި ހިންގޭނެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މިންގަނޑު މުޅިން އައު ހަރުފަތަކަށް އުފުލައިދިން މަސައްކަތެއް ކަމަށެވެ. 

ރާއްޖޭގައި ހިންގި މިބާވަތުގެ ފުރަތަމަ މަޝްރޫއަށްވާއިރު އެ ބުރިޖަކީ ޗައިނާއާއި ރާއްޖޭގެ މެދުގައި އޮތް އެކުވެރިކަމުގެ ދެމިގެންދަނިވި ރަމްޒެއް ކަމުގައި މުއްތަލިބު ފާހަގަކުރެއްވި އެވެ. 

އަދި އޭނާ ވިދާޅުވި ގޮތުގައި ބުރިޖުގެ މަސައްކަތް ޝެޑިއުލުގައި ނިންމަން އޮތް ތާރީހަށްވުރެ ކުރިން ނިންމައި، އެ މަޝްރޫއަށް ކަނޑައެޅި ބަޖެޓުގެ ތެރޭގައި މަސައްކަތް ނިމިގެންދިއުމަކީ އެއިރުގެ ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ލީޑާޝިޕުގެ ދަލީލެއް ކަމަށެވެ. 

ބުރިޖު މަސައްކަތުގެ ހުލާސާއެއް ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑރ.މުއިއްޒުގެ މިނިސްޓަރުކަމުގައި ފެށުނު މަޝްރޫއުގެ މަސައްކަތް ނިންމައި އޯގަސްޓު 29 ވަނަ ދުވަހު އިފުތިތާހުކުރިއިރު، އެ މަޝްރޫއަށް ހަރަދުވި ފައިސާގެ ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާގެ ހިލޭ އެހީގެ ގޮތުގަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ މި ބާވަތުގެ އެންމެ ބޮޑު މަޝްރޫ އެވެ. މިހާރު ވިލިމާލެ ބުރިޖުގެ މަސައްކަތްދަނީ ކުރިއަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.