އަބްދުއްރަހީމް، ސަފީރު ކަމުގެ ފަތްކޮޅު ތުރުކީގެ ރައީސްއަށް އަރުވައިފި

ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަންކުރުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

އަބްދުއްރަހީމް، ސަފީރު ކަމުގެ ފަތްކޮޅު ތުރުކީގެ ރައީސްއަށް އެރުވުން

ރާއްޖެ އިން ރިޕަބްލިކް އޮފް ތުރުކިޔޭ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ތުރުކިޔޭގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން އަށް މިއަދު އަރުވައިފި އެވެ. 

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ އަންކާރާ ގައި ހުންނަ ރައީސްގެ ރިޔާސީ ގަނޑުވަރުގަ އެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާން އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައި، ތުރުކިޔޭއިން ރާއްޖެ އަށް ވެދެއްވަމުންގެންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަބްދުއްރަހީމް، ސަފީރު ކަމުގެ ފަތްކޮޅު ތުރުކީގެ ރައީސްއަށް އެރުވުން

އަދި އެކި ދާއިރާތަކުން ރާއްޖޭއާ ތުރުކިޔޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ރައީސް އުރްދުޣާން އަށް އެރުވި އެވެ.

ރާއްޖެ އިން ތުރުކިޔޭއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމާ އަބްދުއްރަހީމް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް އުރްދުޣާން ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި ތުރުކިޔޭ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އޭނާގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަން ކަށަވަރު ކޮށްދެއްވި އެވެ.

އަބްދުއްރަހީމް، ސަފީރު ކަމުގެ ފަތްކޮޅު ތުރުކީގެ ރައީސްއަށް އެރުވުން

އަބްދުއްރަހީމަކީ ރާއްޖޭގެ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި މެދުނުކެނޑި 39 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަންކުރުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

އެ މަގާމު ދެއްވީ ރައީސް މުއިއްޒު، ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެވެ. ސިފައިންގެ ހިދުމަތާއި ވަަކިވެވަޑައިގެންނެވީ ހިދުމަތުގައި ދެމި ހުރެވޭނެ އުމުރު ހަމަވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.