މި އެއްބަސްވުމަކީ ރާއްޖެއާ ސައުދީއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާ އާއި ސީޕްލޭން އޮޕަރޭޝަން އަދި ވޯޓާ އެއަރޮޑްރޯމްއާއި ގުޅޭ ދާއިރާ އިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެކުވާލި އެއްބަސް ވުމެކެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖެއާ ސައުދީއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާ އާއި ސީޕްލޭން އޮޕަރޭޝަން އަދި ވޯޓާ އެއަރޮޑްރޯމްއާއި ގުޅޭ ދާއިރާ އިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެކުވާލި އެއްބަސް ވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރަތްކަނޑުގެ ސަރަހައްދުގައިވާ އުމްލުޖް ސިޓީގަ އޮތް ރަސްމިއްޔާތެއްގަ އެވެ. މިއީ ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީއާއި ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީން އެވެ. ސައުދީގެ ފަރާތުން އެ ގައުމުގެ ޓްރާސްޕޯޓް މިނިސްޓަރު ސާލޭ ބިން ނާސަރު އަލް ޖަސަރެވެ.