އިއްޔެގެ އޮޕަރޭޝަންގައި ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދައިފި

ދެ ގަޑިއިރަށް ހިންގި އޮޕަރޭޝަން ގައި އިމިގްރޭޝަންގެ 211 އޮފިސަރުން ބައިވެރިވެފައިވެ އެވެ. ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 52 ގުރޫޕަކަށް ބަހާލައިގެންނެވެ.

އިމިގްރޭޝަންގެ އޮފިސަރުން އިއްޔެ ހިންގި ހަރަކާތުގެ ތެރެއިން

ފިލައިގެން އުޅޭ 10 ބިދޭސީއަކު ހޯދާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އެ މީހުން ހޯދީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު ހިންގި ހާއްސަ އޮޕަރޭޝަންގަ އެވެ.

ދެ ގަޑިއިރަށް ހިންގި އޮޕަރޭޝަން ގައި އިމިގްރޭޝަންގެ 211 އޮފިސަރުން ބައިވެރިވެފައިވެ އެވެ. ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 52 ގުރޫޕަކަށް ބަހާލައިގެންނެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެގެ އިންސްޕެކްޝަން ގައި ފިލައިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވާ 10 ބިދޭސީއަކު ހޯދާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ އޮފިސަރުން އިއްޔެ ހިންގި ހަރަކާތުގެ ތެރެއިން

މީގެ އިތުރުން ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް އެ މީހުން ލައްވާ މަސައްކަތް ކުރުވާ 120 ދިވެއްސަކަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަަމަށް ވެސް ބުންޏެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އިއްޔެގެ ހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުން 582 ތަނެއް ބަލާ ފާސްކޮށް 1،025 ބިދޭސީއަކާ ވަނީ ސުވާލުކޮށްފަ އެވެ. އިއްޔެގެ ހަރަކާތަކީ އިމިގްރޭޝަންގެ 74 އަހަރުގެ ދިގު ތާރީހުގައި މިހާ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެގެން ހިންގުނު ބިދޭސީން ބަލާ ފާސްކުރުމުގެ ހަރަކާތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.