ޑިރެކްޓަރުން ތަމްސީލް ކުރާ ދުނިޔޭގެ ބޮޑު ޖަމިއްޔާ އައިއޯޑީ މޯލްޑިވްސް އުފައްދައިފި

އައިއޯޑީއަކީ ދުނިޔޭގެ 150،000 އަށްވުރެ ގިނަ ޑިރެކްޓަރުން ތަމްސީލް ކުރާ ނެޓްވޯކް އެކެވެ. މި ނެޓްވޯކްގެ ރާއްޖޭގެ ޖަމިއްޔާގެ މަގުސަދަކީ ކޯޕަރޭޓް ގަވަނަންސް ވަރުގަދަ ކުންފުނިތަކެއް އުފައްދައި ވިޔަފާރިއަށް ފަހިކަން ގެނެސް ދިނުމެވެ.

އައިއޯޑީ މޯލްޑިވްސް ކޮންފަރެންސް : މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޑިރެކްޓަރުން ހިމެނޭ ރާއްޖޭގެ ޖަމިއްޔާ

ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްސީލް ކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ އަދި ނެޓްވޯކް ކަމަށްވާ އިންސްޓިޓިއުޓް އޮފް ޑިރެކްޓާސް (އައިއޯޑީ) އާ ގުޅިގެން އިންސްޓިޓިއުޓް އޮފް ޑިރެކްޓާސް މޯލްޑިވްސް (އައިއޯޑީއެމްވީ) ރާއްޖޭގައި އުފައްދައިފި އެވެ. 

ދުނިޔޭގައި 150،000 އަށްވުރެ ގިނަ ޑިރެކްޓަރުން ތަމްސީލް ކުރާ މި ޖަމިއްޔާގެ ރާއްޖޭގެ ގޮފި އުފެއްދުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި މިއަދު ވަނީ އައިއޯޑީ މޯލްޑިވްސް ކޮންފަރެންސުގެ ނަމުގައި އިވެންޓެއް ބާއްވާފަ އެވެ.މި ކޮންފަރެންސުގެ މެހުމާނެއްގެ ގޮތުން އައިއޯޑީގެ ޗެއާމަން ޖޯން ބްރޯވެޓް ވެސް ބައިވެރިވަޑައިގަތެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ އާއި ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާ ކުންފުނިތަކުގެ އަދަދެއްގެ ވެރިން އަދި ޑިރެކްޓަރުން ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގައި އައިއޯޑީއެމް ސްޓީރިއަން ކޮމެޓީގެ ޗެއާޕާސަން ނޫރެއިން ޖަނާހު ވެސް ވާހަކަ ދެއްކެވި އެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރު ޑރ މަހާމޫދު ޝައުގީ ވިދާޅުވީ ވަނީ މީގެ ހަފުތާއެއް ކުރިން
ތެވެލީ ކޮންފަރެންސް ހުޅުއްވައި ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅެއް ތަކުރާރު ކުރައްވާފަ އެވެ.  އެ ދުވަހު ރައީސް ވަނީ އެންމެން ގުޅިގެން ގައުމު ބިނާ ކުރުމަށާއި ދިރާސާ ކުރުމުގެ މުހިންމުކަަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ. 

ޑރ. ޝައުގީ ކޮންފަރެންސުގައި ވާހަކަ ދައްކަވަނީ

މި ކޮންފަރެންސުގައި އިންޓަނޭޝަނަލް ކީނޯޓް ސްޕީކަރެއްގެ ގޮތުން ބައިވެރިވެވަޑައިގެންވި ދަ ގްލޯބަލް ނެޓްވޯކް އޮފް ޑިރެކްޓާސް އިންސްޓިޓިއުޓްސް ކާސްޓެން ޕެޓަސަން ވަނީ އައިއޯޑީ މޯލްޑިވްސް ރާއްޖޭގައި ފެށުމަކީ ހަމައެކަނި ހަމައެކަނި ރާއްޖެއަށް ފައިދާހުރިކަމެއް ނޫން ކަމަށާ މިއީ މުޅި މި ނެޓްވޯކަށް ލިބިގެންދިޔަ ކުރިއެރުމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ޕީސީބީގެ ރައީސް ހަމްދީ އަގީލް ބައިވެރިވެވަޑައިގެންނެވި އެވެ.

ކީނޯޓް ސްޕީކަރެއްގެ ގޮތުން ބައިވެރިވެވަޑައިގެންވި ދަ ގްލޯބަލް ނެޓްވޯކް އޮފް ޑިރެކްޓާސް އިންސްޓިޓިއުޓްސް ކާސްޓެން ޕެޓަސަން ވާހަކަ ދައްކަވަނީ

ދުނިޔޭގެ އެންމެ ބޮޑު ޑިރެކްޓަރުންގެ ނެޓްވޯކްއާ ގުޅިގެން ރާއްޖޭގައި އުފެއްދި އައިއޯޑީއެމްވީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ނޫރެއިން ޖަނާހު ވިދާޅުވީ އައިއޯޑީއެމް އުފެއްދުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުން ދިޔަ ކަމަށާ އެކަން ކުރުމަށްޓަކައި ސީއެމްޑީ އާއި ބާކައުންސިލް އަދި ޕީސީބީއާއެކު ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. މި ޖަމިއްޔާ އުފައްދާފައިވަނީ މިގޮތަށް ޕްރޮފެޝަނަލް ގިނަ މަސައްކަތްތަކަށްފަހު ކަމަށް ނޫރެއިން ވިދާޅުވި އެވެ.

ނޫރެއިން ޖަނާހު ވާހަކަ ދައްކަވަނީ

"މި ޖަމިއްޔާއަކީ ހަމައެކަނި އެސްއޯއީތައް [ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުން] ހިމެނޭ ޖަމިއްޔާއެއް ނޫން. މި ޖަމިއްޔާގެ މަގުސަދެއް ޕްރައިވެޓް ސެކްޓާސް ކުންފުނިތަކުގެ މި ދާއިރާވެސް ހަރުދަނާ ކުރުމަކީ. ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަކީ. އެހެންވެ ފުރަތަމަ ބައްދަލުވުމުގައި ޒުވާން ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވި. މީގެތެރޭގައި ލޯޔަރުންނާއި މިނޫންވެސް ޕްރޮފެޝަނަލް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ،" އައިއޯޑީއެމްވީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިއޯޑީއެމްއިން ޕްރޮފެޝަނަލް ޑިރެކްޓަރުން އުފެއްދުމަށް ތަމްރީން ދިނުމާއި ކޯޕަރޭޓް ގަވަނަންސްގެ ފުރިހަމަ އުސޫލުތަކަށް ކުންފުނި ހިންގުމަށް ހާއްސަ ތަމްރީން ދޭނެ އެވެ.

މި ބައްދަލުވުމުގައި ތަފާތު ޕެނަލް ޑިސްކަޝަން ތަކެއް ވެސް އޮތެވެ. މި ޕެނަލް ޑިސްކަޝަންގައި ސީއެމްޑީއޭ އާއި ނެކްސިއާ މޯލްޑިވްސް ތަމްސީލު ކުރެއްވިއެވެ މި ކޮންފަރެންސްގެ ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ވިމެން އޮފް ބޯޑްސް މޯލްޑިވްސް
މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަނަންސް އިންސްޓިޓިއުޓް ކަނޑޫފާ ފައުންޑޭޝަނުން ބައިވެރި އެވެ. މި އިވެންޓު ސްޕޮންސާކޮށްފައިވަނީ ހަރިމް އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.