ރޭޓިން ރަނގަޅު ކުރެވިދާނެ ގޮތްތަކުގެ ލަފަޔާއެކު ފިޗުގެ ރޭޓިން ސީސީއަށް

ފިޗުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ދަރަނީގެ މައްސަލަ އާއި ޑޮލަރުގެ މައްސަލަ އެވެ.

ރާއްޖޭގެ ކްރެޑިން ރޭޓިން ހަދާފައިވާ ފިޗް : ރޭޓިން މަތިކުރަން ޖެހޭ

ރާއްޖެއަށް މިވަގުތު ދީފައިވާ ކްރެޑިޓް ރޭޓިން ރަނގަޅު ކުރެވިދާނެ ގޮތްތަކުގެ ލަފަޔާއެކު ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް "ފިޗް" އިން ރާއްޖެ އަށް ދީފައިވާ ރޭޓިން "ސީސީސީ" އިން "ސީސީ" ގްރޭޑިން އަށް ދަށްކޮށްފި އެވެ. 

ހޮންކޮންގުގެ ފިޗުގެ ރޭޓިގައި  ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ.

އެ ރިޕޯޓްގައި ރާއްޖޭ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ އަދަދު އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ކަރަންސީ ސްވޮޕެއް ހަދަން ލަދާދިން

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކުމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ފާހާގަކޮށްފައިވެއެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާރޓްނަރުންނާއި އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. ހަމައެޔާއެކު އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައި ވެއެވެ.

ފިޗް އިން މިގޮތަށް ބުނި އިރު މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކޮށް ފައެވެ. މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވެ އެވެ. މީގެ އިތުރުން، އިންޑިއާ އަދި ޗައިނާއަށް އަދަކުރަންހުރި ލޯނުތައް ރޯލްއޯވަރކޮށްދެމުންދާކަންވެސް ހާމަކޮށްފައިވެއެވެ. މި މަސައްކަތްތަކާއެކު މި ހާލަތުން އަރައިގަނެވި، ޒަމާނުއްސުރެން ހައްލުކުރަންޖެހި ނަމަވެސް ހައްލެއް ނުލިބިވާ ނިޒާމީ އެތައް މައްސަލަތަކެއް ހައްލުވުމުގެ ލުއިކަން ލިބިގެންދާނެކަން ފާހަގަކުރެ އެވެ.

ފިޗުގެ ރޭޓިންގެ ތާރީހު

ފިޗުން އެންމެފަހުން ރާއްޖޭގެ ރޭޓިންއަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހު އެވެ. އެފަހަރު ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ދަރަނި މަތިވުވުން ހިމެނެ އެވެ. އެފަހަރު ވަނީ "ބީ ނެގެޓިވް" ގެ ރޭޓިން އިން "ސީސީސީ ޕްލަސް" އަށް ބަދަލުކޮށްފަ އެވެ.

އެފަހަރު ދަށްކުރި ސަބަބު - ރާއްޖޭގެ އިޝުއާ ޑެފޯލްޓް ރޭޓިން ( 'ސީސީސީ+' އަށް ދަށްކުރި ސަބަބަކީ ރާއްޖޭގެ ބޭރުގެ ފައިނޭންސިން އަދި ލިކުއިޑިޓީ ހާލަތު ރަނގަޅު ނުވުމެވެ. މިއާއެކު ރާއްޖޭގެ ރިޒާވް ދަށްވުމާއި ބޭރުގެ ދަރަނި މަތިވުމަކީވެސް ސަބަބެކެވެ. އަދި މިއާއެކު އާ ސަރުކާރަށް ދަރަނި ދެއްކުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުން 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ގޮންޖެހުންތައް ހުރުންވެސް މިއީ ސަބަބެކެވެ. މީގެ އަނެއް ސަބަބަކީ ރިޒާވް ދަށްވުމެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން 748 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ރިޒާވް މެއި މަހުގެ ނިޔަލަށް ވަނީ 492 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މި ދަށްވުން އައިސްފައިވަނީ އިންޑާއިން ހެދި ކަރަންސީ ސްވޮޕްގެ ސަބަބުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.