ތިލަފުށި ފަޅުތެރެއިން އުޅަނދުތައް ނަގަން އަންގައިފި

އެޗްޑީސީ އިން ކުރި އިއުލާނެއްގައި، ހަތް ދުވަހުގެ ތެރޭގައި ތިލަފުށި ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ވަނީ އަންގާފަ އެވެ.

ތިލަފުށި: ސްލޯޕިންގެ މަސައްކަތަށް ފަޅުތެރޭ ހުރި އުޅަނދުތައް ނަގަން އެޗްޑީސީން ވަނީ އަންގާފައި --

ސްލޯޕިންގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް، ކ. ތިލަފުށީގެ ފަޅުތެރެއިން އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި، ހަތް ދުވަހުގެ ތެރޭގައި ތިލަފުށި ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ވަނީ އަންގާފަ އެވެ. އަދި މި މުއްދަތުގައި އުޅަނދުތައް ނުނަގާނަމަ ”ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރަމުގެ އުސޫލު“ ގެ ދަށުން އުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށެވެ. 

އެޗްޑީސީން ވަނީ އުޅަނދުތައް ނަގަން ބޭނުންވާ ސަރަހައްދުތަކެއް ވެސް އާންމުކޮށްފަ އެވެ. އިއުލާނާއެކު އެ ސަރަހައްދުތައް އެނގޭނެ ކުރެހުމެއް ވަނީ އާންކޮށްފަ އެވެ.

އެޗްޑީސީން ބުނީ މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުން ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން، 1516 އަށް ގުޅައިގެން ކުރިޔަށް ގެންދިއުމަށެވެ.

ތިލަފުށި ހިތްކައި ތަރައްގީކުރުމަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. އެހެންކަމުން މިކަމުގައި ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.