އެ ޕާޓީގެ ހުރިހާ ހަރަކާތްތަކެއް ހަސީނާގެ ސަރުކާރުން މަނާކުރީ ހިނގަމުންދާ އޯގަސްޓު މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ހަތަރު ދުވަސް ފަހުން މުޒާހަރާތަައް ކޮންޓުރޯލު ނުކުރެވިގެން ހަސީނާ ގައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގެންނެވި އެވެ.
ބަންގުލަދޭޝްގެ އިސްލާމީ ފިކުރުގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޖަމާއަތެ އިސްލާމީގެ ހަރަކާތްތައް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި މަނާކޮށްފައި އޮތް އޮތުން އެގައުމުގެ ވަގުތީ ސަރުކާރުން ނިމުމަކަށް ގެނެސްފި އެވެ.
އެ ގައުމުގެ އެންމެ މުސްލިމް ޕާޓީ މަނާކުރެއްވީ ހަސީނާގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ޓެރަރިޒަމާ ދެކޮޅު ގާނޫނެއް ބޭނުންކުރައްވައިގެންނެވެ. އެ ޕާޓީ މަނާކުރެއްވީ ބަންގުލަދޭޝުގެ ޔުނިވަސިޓީތަކުގައި ދަރިވަރުން ފެށި އިހުތިޖާޖުތަކާއި މުޒާހަރާތައް އިންތިޒާމުކުރީ އެ ޕާޓީންކަމަށް ތުހުމަތުކުރައްވަ އެވެ.
ބަންގުލަދޭޝުގެ ހޯމް މިނިސްޓްރީން އެ ގައުމުގެ ގެެޒެޓުގައި ޝާއިއުކުރި ނޯޓިހެއްގައި ބުނެފައިވަނީ ޖަމާއަތެ އިސްލާމީއާއި އެޕާޓީއާ ގުޅިފައިވާ ޖަމާއަތަކުން ޓެރަރިޒަމްގެ ހަރަކާތެއްގައި ބައިވެރިވެ ޝާމިލުވެފައިވާ ކަމުގެ އެއްވެސް ސާބިތު ހެއްކެއް ނެތް ކަމަށެވެ.
މުޒާހަރާތަކުގެ ތެރެއިން ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް އެ ޕާޓީން ހިތްވަރުދިންކަމަށް ހަސީނާއާއި އޭނާގެ ސަރުކާރުން ކުރި ހުރިހާ ތުހުމަތުތަކަށް ޖަމާއަތެ އިސްލާމީން އިންކާރުކޮށް ދޮގުކުރެ އެވެ.
ޖަމާއަތެ އިސްލާމަކީ އެތައް މިލިއަން މީހުންގެ ތާއީދު އޮތް ބޮޑު ޕާޓީއެއް ނަމަވެސް 2013 ވަނަ އަހަރު އެ ޕާޓީގެ އަސާސީ ގަވާއިދަކީ ބަންގުލަދޭޝްގެ އަލްމާނީ ގާނޫނުއަސާަސީއާ ހިލާފު އަސާސީ ގަވާއިދެއްކަމަށް ކަނޑައަޅައި އެ ޕާޓީއަށް އިންތިހާބުތަކުގައި ބައިވެރިނުވެވޭނެކަމަށް އެ ގައުމުގެ ހައިކޯޓުން ނިންމާފައިވެ އެވެ.
އޭގެ ފަހުން 2014 ވަނަ އަހަރާއި، 2018 ވަނަ އަރާއި މި އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވި އާންމު އިންތިހާބުތަކުގައި އެ ޕާޓީއަށް ބައިވެރިނުވެވެ އެވެ.
އެ ޕާޓީގެ ހުރިހާ ހަރަކާތްތަކެއް ހަސީނާގެ ސަރުކާރުން މަނާކުރީ ހިނގަމުންދާ އޯގަސްޓު މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ހަތަރު ދުވަސް ފަހުން މުޒާހަރާތަައް ކޮންޓުރޯލު ނުކުރެވިގެން ހަސީނާ ގައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގެންނެވި އެވެ.
ހައިކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކޮށް ބަންގުލަދޭޝްގެ އިލެކްޝަން ކޮމިޝަނުގައި އަލުން ރަޖިސްޓަރީވެ އިންތިހާބުތަކުގައި ބައިވެރިވުމުގެ ހައްގު ހޯދުމަށް މި ހަފުތާގައި އެ ޕާޓީން ބަންގުލަދޭޝްގެ ސުޕްރީމް ކޯޓަށް ދިއުމަށްވަނީ ނިންމާފަ އެވެ.