ހަތަރު ގައުމެއްގެ ފަތުރުވެރިން ލައްކައިން މައްޗަށް، ޗައިނާ ދެ ލައްކައާ ގާތަށް

ހަތަރު ގައުމަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެފައިވާއިރު، އެ ހުރިހާ ގައުމަކުން ނިމުނު އަހަރު އައި ފަތުރުވެރިންނަށްވުރެ މި އަހަރު އައި ފަތުރުވެރިންގެ އަދަދު އިތުރެވެ.

ޗައިނާ މާކެޓުން ރާއްޖެ އައި ފަތުރުވެރިން --

ހަތަރު ގައުމަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މަތިވެ، އެވެރެޖުކޮށް ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 6،000 އާ ގާތްކުރާ މިންވަރަށް އިތުރުވެއްޖެ އެވެ. 

އޯގަސްޓު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފާސްހިސާބުތައް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާއިރު، އޯގަސްޓު މަހުގެ އެއްވަނަ ދުވަަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 160،854 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 141،588 ފަތުރުވެރިންނާ އަޅަބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ. 

ދެ އަހަރުގެ އޯގަސްޓު މަހު އައި ފަތުރުވެރިން

  •  2023 ގެ އޯގަސްޓުގައި: 141،588 ފަތުރުވެރިން
  •  2024 ގެ އޯގަސްޓުގައި: 160،854 ފަތުރުވެރިން

އެ މުއްދަތުގައި ރާއްޖެއަށް އެވެރެޖުކޮށް 5،958 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެ މުއްދަތުގައި އައި ފަތުރުވެރިން އެވެރެޖުކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ. 

އޯގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލށް ހަތަރު ގައުމަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރެވެ. އެއީ ޗައިނާއާއި ރަޝިޔާއާއި އިނގިރޭސިވިލާތާއި އިޓަލީއެވެ. އެއިން ކޮންމެ ގައުމަކުން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު ޖަރުމަނުން އަންނަ ފަތުރުވެރިންގެ އަދަދުވެސް ލައްކައަކާ ގާތަށްވަނީ ގޮސްފަ އެވެ. 

ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ހިސާބު

  •  ޗައިނާ؛ 195،689 ފަތުރުވެރިން
  •  ރަޝިޔާ؛ 144،950 ފަތުރުވެރިން
  •  އިނގިރޭސިވިލާތް؛ 116،268 ފަތުރުވެރިން
  •  އިޓަލީވިލާތް؛ 100،367 ފަތުރުވެރިން

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެ ލައްކައާ ގާތަށް އިތުރުވެފައިވާއިރު ނިމުނު އަހަރުގެ އޯގަސްޓު މަހުގެ 27 އާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ މި އަހަރު އައި ފަތުރުވެރިންގެ އަދަދު 10.4 އިންސައްތަ އިތުރުވެފައިވެ އެވެ. 

މި އަހަރަށް ސަރުކާރުން ކަނޑައަޅާާފައިވާ އަމާޒަކީ ޖުމްލަ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އަހަރުގެ ފަހުކޮޅުގައި ފަތުރުވެރިން އަންނަ މިންވަރު އަހަރުގެ ފުރަތަމަ ތިން މަހާ އެއްވަރަށް އިތުރުވެއްޖެނަމަ އެ އަމާޒު ހާސިލުވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.