ވެމްކޯއަށް ސަރުކާރުން ދިން ފައިސާގެ އަދަދު މަދުވުމާއެކު މި އަހަރުގެ ފުރަތަމަ ކުއާާޓާގައި އެ ކުންފުންޏަށް 32 މިލިއަންގެ ގެއްލުންވި އެވެ. އެ މުއްދަތުގައި އެ ކުންފުންޏަށް އާމުދަނީގެ ގޮތުގައި ލިބުނީ 93 މިލިއަން ރުފިޔާ އެވެ.
ވޭސްޓު މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ)އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރުން ޖުމްލަ 17 މިލިއަން ރުފިޔާގެ އެހީތެރިކަން ދިން ނަމަވެސް 32 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވެއްޖެ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބަލަދަުވެރި ފަރާތް ކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ކުއާޓާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެމްކޯއަށް ސަރުކާރުން ޖުމްލަ 17 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެއީ ސަބްސިޑީއާއި ކެޕިޓަލްގެ ގޮތުގައި ދިން ފައިސާ އެވެ.
ފާއިތުވި އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރުން ވެމްކޯއަށް ދިން މާލީ އެހީތެރިކަންވަނީ މަދުވެފަ އެވެ. ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި ސަރުކާރުން ވެމްކޯއަށް އެހީގެ ގޮތުގައި 24 މިލިއަން ރުފިޔާ ދިނެވެ.
ވެމްކޯއަށް ސަރުކާރުން ދިން ފައިސާގެ އަދަދު މަދުވުމާއެކު މި އަހަރުގެ ފުރަތަމަ ކުއާާޓާގައި އެ ކުންފުންޏަށް 32 މިލިއަންގެ ގެއްލުންވި އެވެ. އެ މުއްދަތުގައި އެ ކުންފުންޏަށް އާމުދަނީގެ ގޮތުގައި ލިބުނީ 93 މިލިއަން ރުފިޔާ އެވެ.
އެހެންނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ނިމުނު އަހަަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު އެ ކުންފުނިން މުވައްޒަފުންނަށް ކުރާ ހޭދަ ވަރަށް ބޮޑަށް މަދުކޮށްފައިވެ އެވެ. 2024 ގެ ހަތަރުވަނަ ކުއާޓާގައި ކުންފުނީގެ އާމްދަނީގެ 58 އިންސައްތަ ކަމަށްވާ 58 މިލިއަން ރުފިޔާ މުވައްޒަފުންނަށް ހޭދަކުރިއިރު މި އަހަރު އެ އަދަދުވަނީ 22.8 މިލިއަނަށް މަދުކޮށް އާމްދަނީގެ 25 އިންސައްތައަށް ތިރިކޮށްފަަ އެވެ.
ވެމްކޯއަކީ އެ ކުންފުނި އުފެދުނީއްސުރެ ދައުލަތުން ކެޕިޓަލުގެ ގޮތުގައި ފައިސާ ދީގެންނާއި ސަބްސިޑީގެ ގޮތުގައި ފައިސާ ދީގެން ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބެންޖެހޭ އާމުދަނީ ހޯދުމުގައި މައްސަލަތައް ކުރިމަތިވެ އަމިއްލަ ފައިމައްޗަށް ތެދުވުމުގައި ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފަ އެވެ.