ރިޒާވްގެ ހިސާބު؛ 509 މިލިއަނުން 395 މިލިއަނަށް ދަށްވުން

ނިމުނު އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 198 މިލިއަން ޑޮލަރު ރިޒާވްއިން މަދުވެފައިވެ އެވެ. 2023 ވަނަ އަހަރުގެ ޖުލައި މަސް ނިމުނުއިރު ރިޒާވްގއި ހުރީ 594.1 މިލިއަން ޑޮލަރެވެ. އެއީ 33 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

ރާއްޖޭގެ ޖުމްލަ ރިޒާވް ޖޫން މަހުގެ ނިޔަލަށް 509.2 މިލިއަން ޑޮލަރުގައި ހުރުމަށްފަހު ޖުލައި މަސް ނިމުނުއިރު 395.4 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރެފައިވާ އޮގަސްޓު މަހުގެ އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވާ ގޮތުން ޖުުލައި މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ޖުމްލަ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވް 395.4 މިލިއަން ޑޮލަރަށް ދަށްވެފައިވެ އެވެ. 

ޖުލައި މަހުގެ އިކޮނޮމިކް އަޕްޑޭޓުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރީ 509.2 މިލިއަން ޑޮލަރެވެ. އެހެންކަމުން ޖުލައި މަހުގައި ރިޒާވްއިން 113.8 މިލިއަން ރުފިޔާ މަދުވެފައިވެ އެވެ. އެއީ 22 އިންސައްތައިގެ މަދުވުމެކެވެ. 

އަދި ނިމުނު އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 198 މިލިއަން ޑޮލަރު ރިޒާވްއިން މަދުވެފައިވެ އެވެ. 2023 ވަނަ އަހަރުގެ ޖުލައި މަސް ނިމުނުއިރު ރިޒާވްގއި ހުރީ 594.1 މިލިއަން ޑޮލަރެވެ. އެއީ 33 އިންސައްތައިގެ ދަށްވުމެކެވެ. 

ރިޒާވް ރަނގަޅުކުރަން ފިޔަވަޅުތަކެއް އަންނަނީ އަޅަމުން ފިނޭންސް މިނިސްޓްރީއަށް އެމްއެމްއޭއިން ފޮނުވި ސިޓީއެއްގައި ޖޫން މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ ނުވަތަ ޔޫޒަބަލް ރިޒާވް ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކުރުމާއެކު ފިނޭންސް މިނިސްޓްރީން އަންނަނީ ރިޒާވް ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމުދަނީ ލިބޭ ކުންފުނިތަކުން ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުކުރުމާއި، ޑޮލަރު އިގުތިސާދަށް ނުކުންނާނެ ގޮތްގޮތަށް އަމަލުކުރަން އެ މިނިސްޓްރީންވަނީ އިރުޝާދުތަކެއް ދީފަ އެވެ.

ސަރުކާރުންވަނީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ދައުލަތަށް ލިބޭ ޑޮލަރުގެ އާމުދަނީ އިތުރުކުރަން އަޅާނެ ފިޔަވަޅުތަކެއް އިއުލާނުކޮށްފަަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ޑޮލަރުން އާމުދަނީ ލިބޭ ވިޔަފާރިތަކުން އާމުދަނީން ނަގާ ޓެކުސްތައް ޑޮލަރުން ދެއްކުން ލާޒިމުކުރުމާއި، ޑޮލަރުން މުސާރަ ދޭ މުވައްޒަފުންގެ ޕެންޝަން ފައިސާ ޑޮލަރުން ދެއްކުން ލާޒިމުކުރުން ފަދަ ކަންކަން ހިމެނެ އެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެފައިވަނީ ޑޮލަރުގެ އާމުދަނީ އިތުރުކުރުމަށް އެމްއެމްއޭގެ ގަވާއިދުތަކަށް ގެންނަ ބަދަލުތަކާއެކު، މިހާރު ލިބޭ އާމުދަނީގެ އިތުރަށް ދައުލަތަށް 40 މިލިއަނާއި 80 މިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރު ލިބޭނެ ކަމަށެވެ. 

އަންނަ ނޮވެންބަރު މަހުގެ ކުރިން މިހާރު ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެންނަވައި ރިޒާވްގެ ހާލަތު ރަނގަޅުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.