ވަގު ބިދޭސީން ހޯދަން ކޮންޓްރޯލާ އިސްވެ ހުންނަވާ 200 އޮފިސަރުންނާއެކު މާލެތެރެއަށް

އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެ މީހުން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނީ މިއަދުގެ ހަރަކާތު ގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށް

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިއަދު ބޮޑު އޮޕަރޭޝަނެއް ހިންގައިފި އެވެ.

އިމިގްރޭޝަނުން ބުނީ މިއަދުގެ ހަރަކާތު ގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ. ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 52 ގުރޫޕަކަށް ބަހާލައިގެންނެވެ.

އެ ޓީމުތަކުން މުޅި މާލޭގައި ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް މި އޮޕަރޭޝަނުން ގެނުވީ ސިހުމެވެ. އިމިގްރޭޝަންގެ ޓީމުތައް ފެނުމުން ބައެއް ބިދޭސީން ބެލީ ފިލާ ރައްކާވެވޭތޯ އެވެ.

އިމިގްރޭޝަނުން ބުނީ މިއަދުގެ ހަރަކާތު ގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށް

އިމިގްރޭޝަނުން ބުނި ގޮތުގައި މިއަދު ހިންގުނު ހާއްސަ ހަރަކާތުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ 15 މެމްބަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ދިޔައިރު އިމިގްރޭޝަން އޮފިސަރުން ހިމެނޭ އެކި ގްރޫޕްތަކާއެކު އަމަލީގޮތުން އެ މެމްބަރުން ހަރަކާތްތެރިވެފައިވާ ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މިއަދުގެ ހަރަކާތު ގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށް

މިއަދުގެ އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު އެވެ. ކޮންޓްރޯލާ ވަނީ އެކި ތަންތަނަށް ޒިޔާރަތް ކުރައްވާ ބިދޭސީންގެ މައުލޫމާތު ސާފުކުރައްވާފަ އެވެ.

އެ އިދާރާ އިން ބުނީ މިއަދުގެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މިއަދުގެ ހަރަކާތު ގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށް

އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެ މީހުން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ނޮވެންބަރު 17، 2023 އިން ފެށިގެން މިހާތަނަށް 257 ތަނެއް ރެއިޑްކޮށް 3،322 ބިދޭސީން ޑީޕޯޓްކޮށްލާފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ނަމުގައި ހާއްސަ ޕޯޓަލެއް ވަނީ ތައާރަފު ކޮށްފަ އެވެ. އިމިގްރޭޝަންގެ މަސައްކަތްތަކުގެ ހަރުދަނާކަން ފެނި ވަރަށް ގިނަ ބަޔަކު ދަނީ ބިދޭސީނާ ގުޅޭ ތަފާތު އެކި މައްސަލަތައް އެ ޕޯޓަލްއަށް ހުށައަޅަމުންނެވެ. އެ މައްސަލަތަކަށް ވަރަށް އަވަހަށް އެޓެންޑް ވެސް ވެ އެވެ. 

އިމިގްރޭޝަނުން ބުނީ މިއަދުގެ ހަރަކާތު ގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށް

ގަވާއިދާ ހިލާފު ބިދޭސީން ހުއްޓުވާ އެ މީހުންގެ ވިޔަފާރިތައް ހުއްޓުވަން އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތަށް އެންމެންހެން ތައުރީފު ކުރެ އެވެ. ޕޯޓަލަށް ހުށައަޅާ މައްސަލަތައް އިތުރުވެފައި ވަނީ މައްސަލަތަކަށް އިމިގްރޭޝަނުން އެޓެންޑްކޮށް މައްސަލަ ހައްލު ކުުރުމަށް އިހްލާސްތެރި ކަމާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރާކަން ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިހާތަނަށް 290 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އިމިގްރޭޝަނުން އަންނަނީ 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މިއަދުގެ ހަރަކާތު ގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެފައިވާ ކަމަށް

މި މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު އެހެން މައްސަލައެއް ވެސް ދަނީ ހައްލު ވަމުންނެވެ. ދިވެހީންނަށް ވިއްކާ ވަރަށް ގިނަ ކާބޯތަކެތި ތައްޔާރު ކުރަނީ ބިދޭސީންގެ އެކި އައްޑާތަކުގަ އެވެ. އެ ތަންތަނަކީ ވަރަށް ނުތާހިރު ތަންތަނެވެ. އިމިގްރޭޝަނުން ދަނީ ހާއްސަ ސަމާލު ކަމެއް ދީގެން އެފަދަ ތަންތަން ވެސް ރެއިޑް ކުރަމުންނެވެ. އެފަދަ ވިޔަފާރިތައް ހުއްޓުވާ އެކަމުގައި އުޅޭ މީހުން ދަނީ ވަަގުތުން ޑީޕޯޓް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.