ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ތައާރަފު ކޮށްފި

ސްޓެލްކޯގެ އިމާރާތް

ކަރަންޓް ކުންފުނި -- ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ )ގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން 1545 ތައާރަފު ކޮށްފި އެވެ. 

މި ހޮޓްލައިން ތައާރަފުކޮށްފައިވަނީ މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯލްމަތުގައި ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއް ގަ އެވެ.

ސްޓެލްކޯއިން ބުނީ މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކުންފުނިން ފެށި މަސައްކަތެއް ކަމަށެވެ.

އަދި ބުނީ އެކުންފުނިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ސްޓެލްކޯގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، އެކުންފުނިން ވަނީ ކެއާގެ ހިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.

އެ ހޮޓްލައިން އިފްތިތާހު ކުރުމާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ އެ ކުންފުނީގެ ހިދުމަތުގެ ދިގު ތާރީހުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވި އޮތް ކޯލް ސެންޓަރުގެ މަސައްކަތް ނިންމާ، މިއަދު މި ވަނީ ބޭނުން ކުރަން ފަށާފައި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.