ކުރީ ސަރުކާރުގެ ލޯން ތަކަކީ އާމްދަަނީ ނުލިބޭ ކަންކަމަށް ނެގި ލޯނު: ސައީދު

ސައީދު ވިދާޅުވީ ދުނިޔޭގެ މާލީ ނިޒާމުތަކާ އެއްގޮތަށް ކަންކަން ބައްޓަން ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނަގާފައިވާ ލޯނުތަކަކީ އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ވިދާޅުވެއްޖެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނަގާފައިިވާ ހުރިހާ ލޯނަކީ، އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ބެކްސްޓޮކަށް އިތުރުވެގެންދިޔަ ދަރަނިތައް ކަމަށެވެ.

"މިއީ ދުވަހަކުވެސް ރާއްޖޭގެ ތާރީހާވެސް ނުބައްދަލު، ފަސް އަހަރު ތެރޭގަ މުޅި ދިވެހި ތާރީހުގެ ދަރަނިތައް އެއްކޮށްލީމަވެސް ނުވާ ވަރަށް ދަރަނިވެރިކޮށްފަ. އަމީރު މަޖިލީހުގެ ރައީސަށް ކޮވިޑުތެރޭގަ ފޮނުވި ސިޓިގަވެސް އެބައިން ބުނެފަ ފައިސާ ޗާޕު ކުރުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގަ ހިމެނޭ ތިން އަކުރެއް އުނިކޮށްލަދޭން. އެއް އަހަރަށް މި އަކުރުތައް އުނިކުރުމަށް އެދިފަ މީނީ. ކޮވިޑުގެ ހާލަތު ރަނގަޅު ރާއްޖޭގެ ބޯޑަރުވެސް ހުޅުވި ފަހުން މި އެދިފަ މިއޮންނަނީ." 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭރުގެ މަޖިލީސް ރައީސަށް ފޮނުއްވި ސިޓީ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އަމީރުގެ މިފަދަ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމީރު އަރިހުގައި އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލު ކޮށްފި ނަމަ ރޭޓިން ދަށްވަަމުން ގޮސް އަތްނުފޯރާ ހިސާބަށް އިގުތިސާދީ ހާލަތު ހިނގައިދާނެ ކަމަށްވެސް ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަން ކަން ގެއްލިދާނެ ކަމަށްވެސް އަމީރު އަރިިހުގައި އެދުނު ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދުނިޔޭގެ މާލީ ނިޒާމުތަކާ އެއްގޮތަށް ކަންކަން ބައްޓަން ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 16 ބިލިއަން ރުފިޔާ ސަލާމަތްވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.