އޭނާ ހައްޔަރު ކުރީ ވެސް އެ މައްސަލާގައި ކަމަށް އެނގިފައިވެ އެވެ. ޝާދިޔާގެ އިތުރުން ޑރ. ޝަޒުރާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރު ކުރީ ޝީ ބިލްޑިންގް ކައިރިންނެވެ. ހައްޔަރު ކުރީ ފުލުހުންގެ ޓީމެއް އައިސް ކޯޓް އަމުރެއްގެ ދަށުންނެވެ.
ޝާދިޔާ އަކީ ފަލަސްތީނު މައްސަލާގައި މާލެއާ ހުޅުމާލޭގައި އިހްތިޖާޖު ކުރާ އަންހެނުންގެ ތެރޭގައި ހިމެނޭ ކަނބަލެކެވެ. އެ ޓީމުން ގެންދަނީ ސައުދީ ސަފީރު ދިރިއުޅޭ ގެކޮޅު ކައިރީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.
އޭނާ ހައްޔަރު ކުރީ ވެސް އެ މައްސަލާގައި ކަމަށް އެނގިފައިވެ އެވެ. ޝާދިޔާގެ އިތުރުން ޑރ. ޝަޒުރާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ސައުދީ ސަފީރުގެ ގެކޮޅު ކައިރީ އިހުތިޖާޖު ކުރާތީ އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. އެކަމަށް ސައުދީން ޕްރެޝަރު ވެސް ކުރެ އެވެ.
އިސްލާމިކް މިނިސްޓްރީން ޑރ. އިޔާޒާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ވެސް އެކަމާ ގުޅުން އޮތް ކަމަށް ވެ އެވެ.