ސަރުކާރަށް ބޮޑު ކަމެއް ބޭނުންވާނަމަ ދައުރުގެ ބޭރުން ޖަލްސާ ބާއްވަން ތައްޔާރު: އަބްދުއްރަހީމް

އަބްދުއްރަހީމް މިއަދު ވިދާޅުވީ ސަރުކާރަށް އާމްދަނީ އިތުރުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވީހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަވާނެ ކަމަށެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ

ސަރުކާރަށް މުހިއްމު ބޮޑު ކަމެއް އޮތްނަމަ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް މަޖިލިސް އޮތީ ތައްޔާރަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

މިއަދު ވެރިކަންކުރާ ޕީއެންސީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން ސަރުކާރަށް ދިނީ ސަރުކާރުން ހިންގަން ބޭނުންވާ ކަންކަން ހިންގުމަށް ފުރިހަމައަށް މަގު ކޮށައިދިނުމަށް ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ވަރަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް މިއަދުގެ ސަރުކާރަށް ރައްޔިތުން ދެއްވީ ސަރުކާރު ހިންގަން ބޭނުންވާ ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ދަތިނުވާ ގޮތަށް ކޮށްދިނުމުގެ ބޭނުމުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް ނަމަވެސް މަޖިލިސް އޮތީ ސަރުކާރަށް ބޮޑު ކަމެއް ކުރިމަތިވެގެން މަޖިލީހުން ކަމެއް ބޭނުންވެއްޖެނަމަ އެކަމެއް ކުރެވޭނެ ހާލަތަށް ތައްޔާރުވެގެން ކަމަށެވެ. އަދި ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާއެއް ބޭއްވުމަށް މަޖިލިސް އޮތީ ތައްޔާރަށް ކަމަށެވެ. 

އަބްދުއްރަހީމް މިއަދު ވިދާޅުވީ ސަރުކާރަށް އާމްދަނީ އިތުރުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވީހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަވާނެ ކަމަށެވެ. 

އަދި ސަރުކާރަށް އާމުދަނީ އިތުރުކުރުމަށާއި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ނުކޮށް މަޖިލީހުގެ ޗުއްޓީ ނިމެންދެން ޗުއްޓީގައި މަޖިލިސް ނޯންނާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް ދެއްވި އެވެ. 

މީގެ ކުރިން ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުވެސް ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާއެއް ކުއްލިއަކަށް ބާއްވަން ބޭނުންވާ ހާލަތުގައި ޖަލްސާ ބޭއްވޭނެ އަދަދަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުން އަބަދުވެސް ވެރިރަށް މާލޭގައި ތިއްބަވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.