ޑޮލަރުން ޓެކުސް ނަގަން ފެށުމުން 40-80 މިލިއަނާ ދެމެދުގެ އާމްދަނީއެއް ލިބޭނެ

ޑޮލަރުގެ އިތުރުވާނެ މިންވަރުގެ ލަފާތަކެއް ގެންގުޅުއްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 40 މިލިއަނާއި 80 މިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރުގެ އާމްދަނީ އިތުރުވާނެކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ޓެކްސް އިދާރާ މީރާގެ ނަމް ބޯޑް: އައިއެމްއެފުން ވަނީ ޓެކްހާ ގުޅޭ ރިޕޯޓެއް ނެރެފައި

ޑޮލަރުން ޓެކުސް ދައްކާ ގޮތަށް ގާނޫނީ ނިޒާމަށް ގެންނަ ބަދަލުތަކާއެކު ދައުލަތަށް 40 މިލިއަން ޑޮލަރާއި 80 މިލިއަން ޑޮލަރާ ދެމެދުގެ އާމުދަނީއެއް ލިބޭނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ވެރިކަންކުރާ ޕީއެންސީން އެ ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ޑޮލަރުން ޓެކުސް ނެގުމަށްޓަކައި ގާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމުގެ މަސައްކަތް ކަމަށެވެ. 

ސަަރުކާރުން ނިންމާފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައްކަންޖެހޭ އާމްދަނީ ޓެކުހުގެ އިތުރަށް އިމްޕޯޓު ޑިއުޓީ ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރުމަށެވެ. އަދި ޑޮލަރުން މުސާރަ ލިބޭ މުވައްޒަފުންގެ ޕެންޝަން ފައިސާވެސް ޑޮލަރުން ޖަމާކުރާ ގޮތަށް ނިންމުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ. 

ޑޮލަރުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވުމާއެކު މިނިސްޓަރު ވިދާޅުވީ އެ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމުން ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެ ރިޒާވްގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ. 

އެ ބަދަލުތަކާއެކު ޑޮލަރުން ލިބޭ އާމްދަނީއަށް އިތުރުވާނީ ކިހައި މިންވަރެއްކަން ކަނޑައެޅިގެން ވިދާޅުވެވެން ނެތް ނަމަވެސް އިތުރުވާނެ މިންވަރުގެ ލަފާތަކެއް ގެންގުޅުއްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 40 މިލިއަނާއި 80 މިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރުގެ އާމްދަނީ އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. 

ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޑޮލަރުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅާނީ ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އިންވެސްޓަރުންނާވެސް މަޝްވަރާކޮށް އެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ކުރިމަތިނުވާނެހެނެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރާނީ އަޅާ ފިޔަވަޅުތަކަކީ ގައުމުގެ އެންމެ ބޮޑު މަސްލަހަތަށް އުނިކަމެއް ނާންނަހެން ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިނުވާނެ ގޮތަށް އަޅާ ފިޔަވަޅުތަކަކަށް ހެދުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.