ފިޝަރީޒް ކޮލެޖުގެ ކޯސްތައް | މަސް ޕްރޮސެސްކުރުމާއި ގަހާއި މަޝްރޫމު އިންދަން ދަސްކޮށްދިނުން

ފިޝަރީޒް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ މެދުގައި ނިމުނު އަހަރުގެ ޑިސެންބަރު މަހު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އުފެއްދި ކޮލެޖުން އިއުލާނުކޮށްފައިވާ ކޯސްތަކަކީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ކޯސްތަކެއް ނޫނެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ

ސަރުކާރުގެ ސިޔާސަތުގެ ދަށުން ގައުމީ ޔުނިވާސިޓީން ގާއިމުކޮށްފައިވާ ފިޝަރީޒް ކޮލެޖުން ހިންގުމަށް ނިންމާފައިވާ ކޯސްތައް އިއުލާނުކުރިއިރު އޭގެ ތެރޭގައި މަސް ޕްރޮސެސްކުރަން ދަސްކޮށްދޭ ކޯސްތަކުގެ އިތުރަށް، ގަސްގަހާގެހި އިންދުމައި މަޝްރޫމް އިންދަން ދަސްކޮށްދޭ ކޯސްތަކެއް ހިމަނައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ފިޝަރީޒް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ މެދުގައި ނިމުނު އަހަރުގެ ޑިސެންބަރު މަހު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އުފެއްދި ކޮލެޖުން އިއުލާނުކޮށްފައިވާ ކޯސްތަކަކީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ކޯސްތަކެއް ނޫނެވެ. މިއީ މުޅިން އަލށް ކިޔަވައިދޭން ފަށާ ކޯސްތަކެކެވެ. 

އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސްޕޯޓްސް ފިޝިން ދަސްކޮށްދޭ ކޯހަކާއި މަސް ޕްރޮސެސްކުރުމާއި ކޮލިޓީ ކޮންޓުރޯލު އުނގަންނައިދިނުމުގެ ކޯހަކާއި، ގަސްގަހާގެހި އިންދުމާއި މަޝްރޫމު އާލާކުރަން ދަސްކޮށްދޭ ކޯސްތަކެކެވެ. 

ކޯސްތަކުގެ ތަފުސީލު

  •  ސްޕޯޓްސް ފިޝިން؛ ސެޓްފިކްޓް ލެވެލް 3 ގެ ކޯހެއް. ހިންގާނީ މާލެއާއި ހދ.ކުޅުދުއްފުށި އަދި ސ.ހިތަދޫގައި. ކޯހުގެ މުއްދަތަކީ ހަ މަސް
  •  މަސް ޕްރޮސެސްކޮށް ކޮލިޓީ ކޮންޓްރޯލުކުރުމުގެ ކޯސް؛ ސެޓިފިޓް ލެވެލް 1-3 އަށް ކިޔަވައިދޭނެ، ހިންގާނީ ލ.ގަމުގައި
  •  ގަސް ހިނގަން ދަސްކޮށްދޭ ކޯސް؛ އެޑްވާންސް ސެޓްފިކެޓް، ހިންގާނީ ލ.ގަމުގައި
  •  މަޝްރޫމް ހައްދަން ދަސްކޮށްދޭ ކޯސް؛ އެޑްވާންސް ސެޓްފިކެޓް ހިންގާނީ ހދ.ކުޅުދުއްފުށީގައި
  •  ޕޯލްޓްރީ ކޯސް؛ އެޑްވާންސް ސެޓިފިކް، ހިންގާނީ ސ.ހިތަދޫގައި

ޕޯލްޓްރީ ފާމިންއަކީ ކުކުޅު ފަދަ ދޫނިތައް ގެންގުޅެ އެތަކެތިން ވިޔަފާރިކޮށްގެން މަންފާ ހޯދާނެ ގޮތުގެ ދާއިރާއެވެ. 

ގައުމީ ޔުނިވާސިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ކޯސްތަކުގައި ބައިވެރިވުމަށް އެ ޔުނިވާސިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި އެ ފުރުސަތު އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ހުޅުވައިލާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.