ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ 400 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފި

އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް ބަލައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކާ ގުޅިގެން އިމިގުރޭޝަނުން އަންނަނީ ކުރަމުންނެވެ.

އިމިގުރޭޝނުގެ އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ފާއިތުވި ޖުލައި މަހު މޯލްޑިވްސް އިމިގުރޭޝަނުން ގާއިމުކުރި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 473 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ އިދާރާއިން ބުނެފި އެވެ. 

އިމިގުރޭޝަނުން މައުލޫމާތު ދިން ގޮތުގައި އިމިގުރޭޝަން ވޮޗް ގާއިމުކުރި ފަހުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިމގިރޭޝަން ވޮޗަށް ޖުމްލަ 473 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. އެއިން 369 މައްސަލައެއް މިހާރުވެސް އެ އިދާރާއިން އަންނަނީ ބަލަމުންނެވެ. 

އަދި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ސައްހަކަން ކަށަވަރުކުރަމުންދާ މައްސަލަތަކުގެ އަދަދަކީ 82 ކަމަށާއި، އަދި އެ އިދާރާއާ ގުޅުމެއް 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ. 

އިމިގުރޭޝަނުން ގާއިމުކުރި އިމިގުރޭޝަން ވޮޗަކީ އެ އިދާރާގެ އިހުތިސާސުގެ ތެރެއަށް ވަންނަ މައްސަލަތައް ހުށަހެޅުމަށް ގާއިމުކުރި ޕްލެޓުފޯމެކެވެ. އެ މަންސަ މެދުވެރިކޮށް، ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންނާއި އޮޅުވާލައިގެން ގަވާއިދުން ބޭރުން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް އިމިގުރޭޝަނުގެ ސަމާލުކަމަށް ގެނެވޭނެ އެވެ. 

އިމިގުރޭޝަން ވޮޗު މެދުވެރިކޮށް އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް ބަލައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކާ ގުޅިގެން އިމިގުރޭޝަނުން އަންނަނީ ކުރަމުންނެވެ. 

ބިދޭސީންނާ ގުޅުންހުރި ގާނޫނުތައް މީގެ ކުރިން ތަންފީޒުނުކުރެވި އޮތުމުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ، އެމީހުން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ޖިނާއީ ކުށްތަކުގައި ޝާމިލުވެ އުޅުންވަނީ އިތުރުވެފަ އެވެ. 

އެ މައްސަލަ ހައްލުކުރުމަށް އިމިގުރޭޝަނުން ފަށާފައިވާ ތަފާތު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 3،000 އަށްވުރެ ގިނަ ބިދޭސީން އަތުލައިގަނެ އަނބުރާ ރާއްޖެއަށް ނާދެވޭ ގޮތަށް ފޮނުވާލާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.