އިގުތިސާދީ ހާލަތު ގޯހޭ އެ ބުނާ ހާލަތެއް ރާއްޖެއަކު ނެތް، މި މަހުން ފެށިގެން ހާލަތު ރަނގަޅުވާނެ: ސައީދު

ސައިދު ވިދާޅުވީ އިގުތިސާދީ ހާލަތު ދަށްވެގެން ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

މިނިސްޓަރު މުހައްމަދު ސައީދު --

ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯހޭ ބުނާ ހާލަތެއް ނެތް ކަމަށާއި މި މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ އިގުތިސާދީ ހާލަތު، ލަފާކުރެވޭ ފޯކާސްޓަކީ 4.1 އިންސައްތަ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު މާލީ ގޮތުން ރާއްޖެ އޮތީ އިނދަޖައްސާލާފައިކަމަށެވެ. އަދި މާލީ ނިޒާމު ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ނިމިދިޔަ ސަރުކާރުގަ ތިން އަހަރު ތެރޭ އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ކުރަން ނުޖެހޭ އެތަކެއް ހަރަދުތަކެއް ކުރިި. އޭގެ ނަތީޖާއަކަށްވީ ރާއްޖޭގެ ދިގު ތާރީހުގައިވެސް ނުއުފެއްދޭ ވަރުގެ ދަރަންޏެއް އެންމެ ފަސް އަހަރުތެރޭގައި އުފައްދާފައިވާކަން. މިއިން އެއްވެސް ދަރަންޏަކުން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް މަސައްކަތެއް ކޮށްފައިނުވުމުގެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް ދަރުވާލާފައި މިވަނީ." އޭނާ ވިދާޅުވި އެވެ.

ސައިދު ވިދާޅުވީ އިގުތިސާދީ ހާލަތު ދަށްވެގެން ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްނުވާކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅިގަނޑުމެންނާ ވާދަވެރި ސިޔާސީ ބޭފުޅުން، އިހަށްދުވަހަކު ވެރިކަން ކޮށްފަ ތިބި ބޭފުޅުން މިއަދު އެއްބަސްވެއްޖެ އިގުތިސާދީ ހާލަތު ކަންބޮޑުވާ ދަރަޖައެއްގަ ނެތްކަން. އެއީ އަޅުގަނޑުމެން ރިޕީޓެޑްލީ ފެކްޓާ އާ ފިގާ ދައްކައިގެެން، އެވާހަކަ ދައްކަން ފެށީމަ ވޯލްޑް ބޭންކުން އަދި އެމްއެމްްއޭގެ މައުލޫމާތު ހާމަކޮށް އެ ފެންނަ ހިސާބަށް އަޅުގަނޑުމެން އެތައް ފަހަރަކު ދެއްކީމަ މިވާހަކަ ގަބޫ؛ު މިކުރަނީ. އެހެންވީމަ އިގުތިސާދީ ހާލަތު ގޯހޭ އެ ވިދޅުވާ ހާލަތަކު ރާއްޖެއެއް ނެތް." އޭނާ ވިދާޅުވި އެވެ.

ސައިދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މިހިނގާ މަހުން ފެށިގެން މިއަހަރުގެ ިޔަލަށް ލަފާކުރެވޭ ފޯކާސްޓަކީ 4.1 އިންސައްތަ ކުރިއެރުން ކަމަށެވެ. އަދި އަންނަ އަހަރު 6.1 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މިހުރިހާ ކަމަކާއެކުވެސް މި ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 16 ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ދަރަނި ދެއްކުމަށް އޮތް ސޮވެރިން ފަންޑުގައި މިހާރު 60 މިލިއަން ޑޮލަރު އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ފުނަދޫގެ ފައިނޭންޝަލް ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާ ކަމަށާއި، އުތުރުގެ ބަންކަރިން ހިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު، ފެށޭނެ ކަމަށްވެސްވިދާޅުވި އެވެ.

އެހެންކަމުން އިގުތިސާދީ ކުރިއެރުން މިހާރު ލަފާ ކޮށްފައިވާ ވަރަށް ވުރެ، ބޮޑަށް ކުރިއަރާނެ ކަމަށާއި އަދި ސަރުކާރުން މިހުރިހާ ކަމެއްކުރަމުންދާއިރުވެސް އެއްވެސް ދަރަންޏެއް ޑިފޯލްޓުވެފައި ނުވާކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.