ޑޮލަރު އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަށް މަޓާޓޯއިން ތާއީދު

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކުސް ނެގުމަކީ ކޮންމެހެންވެސް ކުރަންޖެހޭ އަދި އެކަމުގެ ސަބަބުން ދިވެހި އިގުތިސާދަށް ދިރުން ލިބިގެންދާނެ ކަމެއްގެ ގޮތުގައި މަޓާޓޯއިން ސިފަކުރި އެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ މަޓާޓޯގެ ވެރިން ބައްދަލު ކުރަނީ -- މަޓާޓޯ

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކުސް ދެއްކުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސްއިން ތާއީދުކުރާ ކަމަށް ބުނެފި އެވެ. 

މަޓާޓޯއިން މިފަދައިން ބުނެފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބިޒްނަސް ޕްރޮފިޓް ޓެކްސް ފަދަ ޓެކުސްތަައް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހެދުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެ ޖަމްއިއްޔާއިން އެ ނިންމުމާ ދެކޮޅުކަމަށް ބައެއް މީޑިޔާއިން ރިޕޯޓުކޮށްފައިވަނިކޮށެވެ. 

މީގެ ކުރިން އެ ޖަމްއިއްޔާއިން ނެރުނު ބަޔާނަކާ ހަވާލާދީ ބައެއް މީޑިޔާތަކުން ގެނައި ހަބަަރާ ގުޅިގެން މަޓާޓޯއިން ބުނީ އެއީ އެ ބަޔާން ނުބައި ގޮތަކަށް މާނަކުރެވިގެން ލިޔެވުނު ގޮތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މަޓާޓޯއިން ޑޮލަރުން ޓެކުސް ނެގުމާ ދެކޮޅުނުހަދާ ކަމަށެވެ. 

ނަމަަވެސް އެ ޖަމްއިއްޔާއިން ސަމާލުކަން ދިން ކަމަކީ ޓެކުސް ނެގުމަށް ގެންނަ އިސްލާހުތައް ތަންފީޒުވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަގީގަތްތަކަށް ރިއާޔަތްކުރެވިގެންކަން ކަށަވަރުކުރުން ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ. 

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކުސް ނެގުމަކީ ކޮންމެހެންވެސް ކުރަންޖެހޭ އަދި އެކަމުގެ ސަބަބުން ދިވެހި އިގުތިސާދަށް ދިރުން ލިބިގެންދާނެ ކަމެއްގެ ގޮތުގައި މަޓާޓޯއިން ސިފަކުރި އެވެ. 

މަޓާޓޯއިން ބުނީ ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިއްމުކަމާއި، އާމްދަނީ އެއްކުރުމުގެ ނިޒާމު އިތުރަށް ރަނގަޅުކުރެވޭނެ އިސްލާހުތަކަކީ ބޭނުންތެރި މުހިއްމު ކަންކަމަށް ދެކޭ ކަމަށެވެ. އަދި އެ މުހިއްމު ބޭނުންތެރި އިސްލާހުތައް ގެންނަ ވަގުތަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ފާހަގަކުރި އެވެ. 

އަދި ޖީއެސްޓީ ގާނޫނަށް ގެންނަ ކޮންމެ އިސްލާހަކީ ރާއްޖޭގެ އިގުތިސާދަށް އެ އިސްލާހަކުން މަންފާވަނިވި އިސްލާހެެއްކަން ކަށަވަރުކުރުމަށް ސަރުކާރާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމުގައި އެ ޖަމްއިއްޔާއިން ބުންޏެވެ. 

އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅާއި ތަސައްވުރަށް ތާއީދުކުރާކަން މަޓާޓޯއިން ހާމަކުރި އެވެ. ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ޝާމިލު ފިޔަވަޅުތަކަށް ތާއީދުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ރައީސް ޑރ.މުއިއްޒު ގެންގުޅުއްވާ އަމާޒުތަކަށް ވާސިލުވުމުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ޖަމްއިއްޔާއިން ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.