މުއިއްޒު ވަކިކުރައްވަން ތިން ފަހަރު އުޅުއްވި، އެންމެން ކުރިމަތީ ކީރިތި ކުރައްވަންދެން ބަވާލި

"މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓްގައި ތިއްބެވި އިއްޒަތްތެރި ވަޒީރުންނާއި އަޅުގަނޑުމެންވެސް. ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި،"

ރައީސް އަބްދުﷲ ޔާމީން (ކ) އަބްދުއްރަހީމްﷲ (މ) ރައީސް މުހަައްމަދު މުއިއްޒު (ވ)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި / މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރެއްވުމަށް ތިން ފަހަރެއްގެ މަތީން ރައީސް ޔާމީން އުޅުއްވި ކަމަށާ ޔާމީނަކީ އަބަދުވެސް ރައީސް މުއިއްޒާމެދު ތަފާތު ކުރެއްވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއް ގަ 20212 ވަނަ އަހަރު އެވެ. ފަހުން ސަން ސިޔާމްގެ އެމްޑީއޭއާ ގުޅިވަޑައިގެން ރައީސް ޔާމީންގެ ވެރިކަމުގައި އަލުން ހައުސިން މިނިސްޓަރަކަށް ވަޑައިގެންނެވި އެވެ.

2018 ގެ އިންތިހާބުގެ ނާކާމިޔާބީއާ ހަމައަށް މުއިއްޒު ހުންނެވީ އެމްޑީއޭގަ އެވެ. ޕީޕީއެމާއި ގުޅިވަޑައިގަތީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު އެވެ.

މިރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަަވަމުން ޔާމީންގެ ކުރީގެ އެންމެ އަރިސް އެކުވެރިޔާ / ރައީސް މުއިއްޒުގެ މިހާރުގެ އެންމެ އަރިސް އެކުވެރިޔާ އަބްދުއްރަހީމް ވަނީ ޔާމީން، މުއިއްޒާމެދު އަމަލު ކުރެއްވި ގޮތް ވިދާޅުވެ ދެއްވާފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ޔާމީން އަބަދުވެސް މުއިއްޒަށް ތަފާތު ކުރެއްވި ކަމަށެވެ.

އެއް ކަމަކަށް ފާހަގަ ކުރެއްވީ ހައުސިން މިނިސްޓަރު ކަމުން މުއިއްޒު ވަކިކުރައްވަން އުޅުއްވި އުޅުއްވުމެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދައުރުގެ ތެރޭގައި ތިން ފަހަރެއްގެ މަތީން އެކަން ކުރައްވަން އުޅުއްވި އެވެ.

ޔާމީން ބޭނުންފުޅު ނަމަ މުއިއްޒު ވަކި ކުރެއްވޭނެ ކަމަށާ ނަމަވެސް އެކަމާ ބަޔަކު ދެކޮޅުވުމުން އެކަން ކުރެއްވޭ ގޮތް ނުވީ ކަމަށް ވިދާޅުވި އެވެ. ދެވަނަ ކަމަކަށް އަބްދުއްރަހީމް ފާހަގަ ކުރެއްވީ މުއިއްޒާމެދު ޔާމީން ވާހަކަފުޅު ގެންގުޅުއްވި ގޮތެވެ. އެފަދަ އެއް ދުވަހެއްގެ ވާހަކަ ހިއްސާ ކުރެއްވި އެވެ.

އެއީ ރިޔާސީ އިންތިހާބުގެ ވޯޓް ނަގަން ވަރަށް ކައިރިވެފައި ވަނިކޮށް ސިނަމާލެ ބްރިޖު ހުޅުވުމުގެ ތައްޔާރީތައް ހިނގަމުންދިޔަ ދުވަސްވަރެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް އޮފީހުގައި އޮތް ބައްދަލްވުމެއްގައި ބްރިޖު އެއް ލައިނު މަދުކަން އެނގިވަޑައިގަތީ އެ ދުވަހު ކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. މުއިއްޒު، ކީރިތި ކުރައްވަންދެން އެމަނިކުފާނަށް ނިސްބަތްކޮށް ވާހަކަ ދެއްކެވި ކަމަށާ އޭރު ކެބިނެޓްގެ ވަޒީރުންނާއި ޕީޕީއެމްގެ އިސްވެރީން އެ ބައްދަލްވުމުގައި ތިއްބެވި ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅު ބްރިޖު ހުޅުވަން މަސައްކަތް ކުރަމުންދިޔައިރު -- އޭރު ސަކީނާ މަންޒިލް ގައި ޕާޓީގެ [ޕީޕީއެމްގެ] އޮފީސް ހިނގަމުން ދަނީ -- އެތާނގައި ކެބިނެޓްގެ ވަޒީރުންނާއި ޕާޓީގެ އިސް ބޭފުޅުން ތިއްބެވި ބައްދަލްވުމެއް ގައިވެސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓްގައި ތިއްބެވި އިއްޒަތްތެރި ވަޒީރުންނާއި އަޅުގަނޑުމެންވެސް. ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި،"

އެހެން އެކަން ހިނގާގޮސް ޔާމީން ހުންނެވި މަގާމުގައި މިއަދު ހުންނެވީ މުއިއްޒުކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީމިއަދުގެ އެ ހާލަތު ރައީސް ޔާމީން ވެސް ޖެހިވަޑައިގަންނަވާނީ ގަބޫލުފުޅު ކުރައްވަން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.