ބޭންކު ބޯޑަށް މެންބަރުން އައްޔަންކުރަން ހާއްސަ އާއްމު ޖަލްސާއަކަށް ގޮވާލައިފި

ބޭންކު ބޯޑުގައި ތިއްބަވަނީ 11 މެންބަރުންނެވެ. އެއީ ސަރުކާރުގެ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މި ވަގުތު ބޯޑުގައި ތިއްބެވީ އަށް ބޭފުޅުންނެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ : ބޭންކުގެ ބޯޑުގައި ގިނަ އަދަދެއްގެ މެންބަރުން މަދު -- އަވަސް

ގައުމީ ބޭންކުގެ ގެ ބޯޑަށް މެންބަރުން ހިމަނައިގެން، އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ނުވަތަ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާއަކަށް ގޮވާލައިފި އެވެ. 

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވަނީ އަންނ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އީޖީއެމްއެއް އޮންނާނެ ކަމަށް ބުނެފަ އެވެ. އަދި މި އެ ޖަލްސާގައި ބައިވެވޭނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވާ މީހުންނަށެވެ.

ބޭންކުން މި ބައްދަލުވުން ބާއްވަނީ ކުންފުނީގެ މައި ހިއްސާދާރު ސަރުކާރުން ތަމްސީލް ކުރާ ފިނޭންސުގެ އެދުމެއްގެ މަތިން ކަމަށް ބުނެފައިވެ އެވެ. 

ބޭންކު ބޯޑުގައި ތިއްބަވަނީ 11 މެންބަރުންނެވެ. އެއީ ސަރުކާރުގެ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މި ވަގުތު ބޯޑުގައި ތިއްބެވީ އަށް ބޭފުޅުންނެވެ. އެހެންވެ މި އީޖީއެމްގެ އެއް ބޭނުމަކީ ބޯޑުގައި ހުސްވެފައިވާ ގޮނޑިތަކަށް މީހުން ހަމަކުރުމެވެ. 

ހާއްސަ އާއްމު ޖަލްސާގެ ޔައުމިއްޔާ

  •  ބޯޑު މެންބަރުން އައްޔަން ކުރުން
  •  މިދިޔަ ޖުލައި މަހު ބޭއްވި އީޖީއެމްގެ ޔައުމިއްޔާ އިއްވުން

ބޯޑުން ދާދިފަހުން ވަނީ މެންބަރެއް އިސްތިއުފާ ދެއްވާފަ އެވެ. ޕީސީބީގެ އެންގުމަކަށް ބޯޑު އާދިއްތަ ދުވަހު ވަކިވެވަޑައިގަތީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ. 

ސަރުކާރުން ވަނީ ބޭންކުގެ ބޯޑަށް މެންބަރުން ހަމަނުވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕީއެންސީއިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އާދިއްތަ ދުވަހު ބޭންކުން ކާޑުތަކަށް ދޭ ޑޮލަރުގެ ލިމިޓް ކަނޑާލައި ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރުގެ ލިމިޓް އުނިކުރި މައްސަލާގައި ސަރުކާރާއި ބޭންކްއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދި އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު  ވަނީ އެ ނިންމުން ނިންމާފައިވަނީ ރައީސް ޑރ، މުއިއްޒު އެންގެވުމާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެފަހުން ރޭ ފުލުހުން ވަނީ މި ނިންމުމާއެކު ސަރުކާރު ވައްޓާލުމުގެ ހަރަކާތްތަކެއް ރޭވި ކަމަށް ތުހުމަތުކޮށް ތަހުގީގު ވެސް ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.