އެ ޕްރަގްރާމް ފެއްޓެވިކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިރޭ އިއުލާނު ކުރައްވާފަ އެވެ.
ގުރުއާން ހިތު ދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
އެ ޕްރަގްރާމް ފެއްޓެވިކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިރޭ އިއުލާނު ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ގުރުއާން ހިތު ދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ހާފިޒަށް މާދަމާ ފުރުސަތު އެރުވޭނެ ކަމަށެވެ. އެ ހާފިޒުގެ ނަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އެއީ ގުރުއާންގެ އާޔަތުގެ ނަމްބަރާ އެކު ގުރުއާން ހިތު ދަސްކޮށްފައިވާ ހާފިޒެއް ކަމަށެވެ.
ހާފިޒުން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.