ޕާޕާ ދެއްކެވި 14 މިލިއަނުގެ ވާހަކަ ރިޔާޒު ދޮގު ކުރައްވައިފި

ވިދާޅުވީ 2023 ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ސިޔާސީ އެއްވެސް ކަމެއްގައި ރައީސް ޑރ. މުއިއްޒު އާއި ވާހަކަ ދައްކާ މަޝްވަރާ ކޮށް ހަދަވާފައި ނުވާނެ ކަމަށެވެ.

ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް: ޕާޕާގެ ވާހަކަތައް ދޮގު ކުރެއްވި

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާ ދެ ބޭފުޅުންގެ މެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު، ރައީސަށް 14 މިލިއަން ރުފިޔާ ދެއްވިކަން އެނގޭ ކަމަށް ވިދާޅުވެ ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ދެއްކެވި ވާހަކަތައް ރިޔާޒު ދޮގު ކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނެޝަނަލް ފްރަންޓްގެ އިސް ބޭފުޅުން ގެންދަވަނީ އަދީބު، ރައީސް މުއިއްޒަށް 14 މިލިއަން ރުފިޔާ ދެއްވިކަމަށް ވިދާޅުވަމުންނެވެ. އެ ތުހުހުމަތު، ފްރަންޓް އޮފީހުގެ ކޮންމެ ޖަލްސާއެއްގައި ހެން އެ ޕާޓީގެ ވެރީން ތަކުރާރު ކުރައްވަ އެވެ.

ރޭ އޮތް ޖަލްސާގައި ވެސް ފަޔާޒު ވަނީ އެކަން ތަކުރާރު ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ސަރުކާރު ގައި އެމަނިކުފާނާއި ދެކޮޅަށް ހިންގި އެކި ޖަރީމާތަކުގައި މި ސަރުކާރުގެ ވެރީންގެ ބައިވެރިވުން އޮތް ކަަމަށް އޭނާ ތުހުމަތު ކުރެެއްވި އެވެ. އަދި ވިދާޅުވީ އަދީބު، ރައީސް މުއިއްޒަށް 14 މިލިއަން ރުފިޔާ ދެއްވި ކަމަށެވެ. އެ ފައިސާ ދެއްވީ ސަރުކާރުގެ ސިއްރު މައުލޫމާތުތައް ހިއްސާ ކުރުމުގެ އިނާމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

އެ ފައިސާ އަދީބު ދެއްވިކަން އަބްދުﷲ ރިޔާޒްގެ ފޯނުން ފެނުނު މައުލޫމާތުތަކުން ހާމަވާ ކަމަށް ވިދާޅުވެ މެސެޖުތަކެއް ވެސް ދެއްކެވި އެވެ. ވިދާޅުވީ އެ މެސެޖުތަކަކީ ޔާމީން ސަރުކާރުގެ ދުވަސްވަރު ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލި ބެލުމުން ފެނުނު މެސެޖުތަކެއް ކަމަށެވެ.

ޔާމީންގެ އެންމެ އަރިހުގައި ހުންނަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ހުރިހާ ސިއްރެއް އަދާވާތްތެރިންނާއި ހިއްސާ ކުރައްވާ އެންމެ މަތީ ދަރަޖާގައި އެމަނިކުފާނަށް ޣައްދާރުވަމުން ކަމަށް ވެސް ވިދާޅުވި އެވެ. އެ ގޮތުން ކެބިނެޓާއި އެ ނޫން ބައްދަލްވުންތަކުގައި ދެކެވޭ ވާހަކަތައް އަބްދުﷲ ރިޔާޒާއި ފުލުހުންގެ ބައެއް އިސްވެރީންނަށް ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ބައްދަލްވުންތަކުގެ އޯޑިއޯއަށް ދަންދެން ރެކޯޑްކޮށްފައި މި މީސްމީހުންނަށް ފޮނުވަމުން މި އަންނަނީ،" 

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރިޔާޒު ވިދާޅުވީ ފަޔާޒު ވިދާޅުވީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ 2023 ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ސިޔާސީ އެއްވެސް ކަމެއްގައި ރައީސް ޑރ. މުއިއްޒު އާއި ވާހަކަ ދައްކާ މަޝްވަރާ ކޮށް ހަދަވާފައި ނުވާނެ ކަމަށެވެ.

"... އަދި 14 މިލިޔަން ރުފިޔާއެއްގެ އެއްވެސް މުއާމަލާތެއް ފޯނުން / މެސެޖުން ނުވަތަ އަނގަބަހުން ރައީސް ޑރ. މުއިއްޒުއާއި ކޮށްފަނުވާނެ،" އެކްސް ގައި ރިޔާޒު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.