ކޮންޓްރޯލާއަށް ސާބަސް: ނުވަ މަހުން 257 ރެއިޑް، 3322 ބިދޭސީން ޑީޕޯޓް

އިމިގްރޭޝަނުން ބުނި ގޮތުގައި ނޮވެންބަރު 17، 2023 އިން ފެށިގެން މިހާތަނަށް 257 ތަނެއް ރެއިޑްކޮށް 3،322 ބިދޭސީން ޑީޕޯޓްކޮށްލާފައިވެ އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިދިޔަ ނުވަ މަސް ދުވަސްތެރޭ 257 ތަނެއް ރެއިޑްކޮށް 3،322 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެ މީހުން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ނޮވެންބަރު 17، 2023 އިން ފެށިގެން މިހާތަނަށް 257 ތަނެއް ރެއިޑްކޮށް 3،322 ބިދޭސީން ޑީޕޯޓްކޮށްލާފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ނަމުގައި ހާއްސަ ޕޯޓަލެއް ވަނީ ތައާރަފު ކޮށްފަ އެވެ. އިމިގްރޭޝަންގެ މަސައްކަތްތަކުގެ ހަރުދަނާކަން ފެނި ވަރަށް ގިނަ ބަޔަކު ދަނީ ބިދޭސީނާ ގުޅޭ ތަފާތު އެކި މައްސަލަތައް އެ ޕޯޓަލްއަށް ހުށައަޅަމުންނެވެ. އެ މައްސަލަތަކަށް ވަރަށް އަވަހަށް އެޓެންޑް ވެސް ވެ އެވެ.

ގަވާއިދާ ހިލާފު ބިދޭސީން ހުއްޓުވާ އެ މީހުންގެ ވިޔަފާރިތައް ހުއްޓުވަން އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތަށް އެންމެންހެން ތައުރީފު ކުރެ އެވެ. ޕޯޓަލަށް ހުށައަޅާ މައްސަލަތައް އިތުރުވެފައި ވަނީ މައްސަލަތަކަށް އިމިގްރޭޝަނުން އެޓެންޑްކޮށް މައްސަލަ ހައްލު ކުުރުމަށް އިހްލާސްތެރި ކަމާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރާކަން ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިހާތަނަށް 290 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އިމިގްރޭޝަނުން އަންނަނީ 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

މި މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު އެހެން މައްސަލައެއް ވެސް ދަނީ ހައްލު ވަމުންނެވެ. ދިވެހީންނަށް ވިއްކާ ވަރަށް ގިނަ ކާބޯތަކެތި ތައްޔާރު ކުރަނީ ބިދޭސީންގެ އެކި އައްޑާތަކުގަ އެވެ. އެ ތަންތަނަކީ ވަރަށް ނުތާހިރު ތަންތަނެވެ. އިމިގްރޭޝަނުން ދަނީ ހާއްސަ ސަމާލު ކަމެއް ދީގެން އެފަދަ ތަންތަން ވެސް ރެއިޑް ކުރަމުންނެވެ. އެފަދަ ވިޔަފާރިތައް ހުއްޓުވާ އެކަމުގައި އުޅޭ މީހުން ދަނީ ވަަގުތުން ޑީޕޯޓް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.