ހަށިވިއްކާ ބޮޑު ނެޓްވޯކެއް ހުއްޓުވާ އެންމެން ޑީޕޯޓްކޮށްލައިފި

ޑީޕޯޓްކޮށްލި ފިރިހެން މީހާގެ އުމުރަކީ 35 އަހަރެވެ. ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނީ 36 އަހަރުގެ އަންހެނަކާއި 38 އަހަރުގެ އަންހެނަކާއި 41 އަހަރުގެ އަންހެނެކެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓްކޮށްލި މީހުން

ރާއްޖޭގައި ފުޅާދާއިރާއެއް ގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުން ދިޔަ ބޮޑު ނެޓްވޯކެއް ހުއްޓުވާ އެންމެން ޑީޕޯޓްކޮށްލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި މި ނެޓްވޯކާ ގުޅޭ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފަ އެވެ. ދެ މުއައްސަސާ ގުޅިގެން ހިންގި އޮޕަރޭޝަން ގައި އެކަމުގައި ޝާމިލުވާ ބިދޭސީ ތިން އަންހެނަކާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ މީހުންގެ މައްސަލަ ތަހުގީގު ކުުރުމަށް ފަހު ރާއްޖެ ނާދެވޭ ގޮތަށް މި އެންމެން ޑީޕޯޓް ކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.

ޑީޕޯޓްކޮށްލި ފިރިހެން މީހާގެ އުމުރަކީ 35 އަހަރެވެ. ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނީ 36 އަހަރުގެ އަންހެނަކާއި 38 އަހަރުގެ އަންހެނަކާއި 41 އަހަރުގެ އަންހެނެކެވެ. މި އެންމެން ޑީޕޯޓްކޮށްލީ އޮގަސްޓް 12 ވަނަ ދުވަހު އެވެ.

އިމިގްރޭޝަނުން ވަނީ އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެ މީހުން ހިންގާ ގާނޫނާ ހިލާފު ވިޔަފާރިތައް ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ވަރުގަދަ / ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.