ޑުރަގް ކޯޓަށް ވަދެ ފައިސާތަކެއް ވަގަށް ނަަގައިފި

ޑްރަގް ކޯޓުގެ ނަންބޯޑު- ފޮޓޯ: ރައީސް އޮފީސް

ޑްރަގް ކޯޓަށް މީހަކު ވަދެ ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ޑްރަގް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެކޯޓަށް ވަގަކު ވަދެފައިވާ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ އެންމެ މީހެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ކޯޓަށް ވަދެ ވައްކަން ކޮށްފައިވަނީ، އެ ކޯޓާއި އިންވެގެން ހުންނަ ގެތަކާއި ކޯޓާއި ދެމެދުގައި އޮންނަ ގޯޅި ތެރެއިން އެ ކޯޓުގެ ޝަރީއަތް ކުރާ މާލަމުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޝަރީއަތް ކުރާ މާލަމުން، ކޯޓުގެ އެހެން ހިސާބުތަކަށްވަދެ، ރެކްރިއޭޝަން ކުލަބުގެ ފައިސާތަކެއް ވަނީ ވަގަށް ނަގާފައެވެ. އެހެން ނަމަވެސް ނެގީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުންގެ ޓީމެއް އެ ކޯޓަށް ގޮސް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރޭ ދަންވަރު ޑުރަގް ކޯތުން ވައްކަން ކޮށްފައިވާއިރު 2022 ވަނަ އަހަރުވެސް އެ ކޯޓަށް ވަދެ މީހަކު ވަނީ ވައްކަން ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.