ގުރައިދޫ މަރުކަަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

މި ބަދަލާއެކު ގުރަައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެތަނުގެ މުވައްޒަފުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެއެވެ. އަދި އެ މަރުކަޒުގެ ކަނދައަޅާފައިވާ މަސައްކަތްތަކާއި ބަޖެޓުވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެއެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު -- ފޮޓޯ: ބީއެމްއެލް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ގުރައިދޫ މަރުކަޒު މީގެ ކުރިން ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

މި ބަަދަލު ގެނައުމަށް ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ.

މި ބަދަލާއެކު ގުރަައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އެތަނުގެ މުވައްޒަފުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެއެވެ. އަދި އެ މަރުކަޒުގެ ކަނދައަޅާފައިވާ މަސައްކަތްތަކާއި ބަޖެޓުވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެއެވެ.

ގުރައިދޫގައި ހުންނަ މި މަރުކަޒަކީ ނަފްސާނީ ބަލިތަައް ތަހައްމަލް ކުރާ މީހުންނާއި އަޅާލާނެ މީހުން ނެތް މީހުން ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންގެންދާ މަރުކަޒެކެވެ. މި މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް ހާއްސަކޮށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ފަރުވާދިނުމަށްފަހު އަލުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަސައްކަތްވެސް ކުރަމުންދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.