މައިނާ ހޮޓެލްގެ ކުޑަރަށް އަންނަ މަހު ހުޅުވަނީ

އެންއެޗް މޯލްޑިވްސް ކުޑަހުރާ ރިސޯޓުގައި 51 ކޮޓަރި ހުންނާނެ އެވެ. އަދި މިތަނުގައި ޓޫރިސްޓުންނަށް ފުރިހަމަ ހިދުމަތް ލިބެން ހުރެ އެވެ.

މައިނާ ހޮޓެލްސްގެ އެންއެޗް ހޮޓެލްސް އެންޑް ރިސޯޓްސްގެ ކުޑަ ރަށް

ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ ސިންގަޕޫރުގެ މައިނާ ހޮޓެލްސްގެ އެންއެޗް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް ކުޑަރަށް އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ. 

އެންއެޗް މޯލްޑިވްސް ކުޑަހުރާ ރިސޯޓް ހުޅުވަން ތައްޔާރު ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ސީޕްލޭން އިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާގައި އަތި އަތޮޅުގައި އެންއެޗް މޯލްޑިވްސް ކުޑަރަށަކީ ޑައިވިން އަދި ސްނޯކްލިން ސައިޓްތައް ހުންނަ ސަރަހައްދެކެވެ.

މި ރިސޯޓުން 51 ޑުލަސް ސުއިޓާއި ވިލާ ހުންނައިރު، ކޮންމެ ވިލާއެއްވެސް ތަރައްގީކޮށްފައިވަނީ ބީޗްފްރަންޓް ޕޫލެއް އޮންނަ ގޮތަށެވެ. އަދި މެހެމާނުންނަށް އުފާކޮށްލަން އައިލެންޑް ހޮޕިން އެކްސްކަޝަންތަކާއި ޑައިވިން އަދި ސްނޯކްލިންގެ ތަޖުރިބާތަކާއި މުރަހަކަ އިންދުން އަދި ބޮޑު މަހާއި މިޔަރު ބަލައިދަންދިއުމުގެ އެކްސްކަޝަންސްތަކުގެ އިތުރުން ބިގް ގޭމް ފިޝިން އެކްސްޕެޑިޝަންސް ވެސް އޮންނާނެ އެވެ. 

އެންއެޗް މޯލްޑިވްސް ކުޑަހުރާ ރިސޯޓުގައި ކާބޯތަކެތީގެ ބާވަތްތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުރެ އެވެ. މި ރެސްޓޯރެންޓުގައި ބައިނަލްއަގްވާމީ ބުފޭ ސްޓައިލްގެ މެނޫއެއް ލިބެން ހުންނާނެ އެވެ. އަދި ސްޕެޝަލިސްޓް ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ހުންނާނެ އެވެ. 

މައިނާ ހޮޓެލްސ - މައިނާ ހޮޓެލްސް އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރިކުރާ ބޭރުގެ އެއް ބްރޭންޑެވެ. މި ބްރޭންޑުގެ ދަށުގައި އޮންނަ އަނަންތަރާ އާއި އަވާނީ އަދި ޓީއެޗް ކަލެކްޝަންގެ ރިސޯޓްތައް ރާއްޖޭގައި ހިންގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.