ޔާމީންގެ ވެރިކަމުގައި މުލިއާގޭގައި ވަޅުދިޔަ ހިއްކާ ޕެނަޑޯލް ބަންދު ކުރަން ޖެއްސި: ފަލާހު

ވިދާޅުވީ އޭރު މުލިއާގޭގައި ކުރަން ޖެހެނީ ހަމައެކަނި ޕެނަޑޯލް ބަންދު ކުރުން އެކަނި ނޫން ކަމަށާ ވަޅުދިޔަ ހިއްކާ ބޮނޑި ހަދަން ވެސް ޖެހޭ ކަމަށެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީގަނޑުވަރު -- މުލިއާގޭގައި ވަޅުދިޔަ ހިއްކާ ޕެނަޑޯލް ބަންދު ކުރަން ޖެއްސުވި ކަމަށާ އެފަދަ ނުބައި ވައްތަރު ކަންކަން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ނުކުރުވާ ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި މުލިއާގެއަށް އެ ބޭފުޅުން ދަނީ ބާ ހެދުމުގައި ކަމަށެވެ. އެކަމާ އަންހެނުން ސުވާލު ވެސް ކުރާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ބާ ހެދުމުގައި ދަނީ މުލިއާގޭގައި މަސައްކަތް ކުރުވާތީ ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ އޭރު މުލިއާގޭގައި ކުރަން ޖެހެނީ ހަމައެކަނި ޕެނަޑޯލް ބަންދު ކުރުން އެކަނި ނޫން ކަމަށާ ވަޅުދިޔަ ހިއްކާ ބޮނޑި ހަދަން ވެސް ޖެހޭ ކަމަށެވެ.

"އޭރުގައި މުލިއާގެއަށް ގޮވާލީމަ އަޅުގަނޑުމެން ދަނީ މަސައްކަތު ހެދުމުގައި. އެއީ އޭރުގެ ވެރިކަން ކުރެއްވި ވެރީންގެ ވައްތަރު. އަޅުގަނޑުމެން ހުންނާނެ މުލިއާގެ ތަންތަނާ އޭރު ވަޅުދިޔަ ހިއްކާފައި. ޕެނަޑޯލް އެކަންޏެއް ނޫން، އައްޑޫ ބޮޑިއަށް ދަންދެން ހުންނާނެ ހަދާފައި،"

އޭނާ އެ ވިދާޅުވަނީ ޔާމީންގެ ވެރިކަމުގައި ޕެނަޑޯލާ ޗޮކްލެޓް ބަންދުކުރަން ތިއްބާ ނަގާފައިވާ ފޮޓޯއެއް ވަރަށް ބޮޑަށް ވައިރަލްވެފައިވާތީ އެކަމަށެވެ. ފަލާހު ހިމެނޭހެން އޭރު ޕީޕީއެމްގެ މެންބަރުން ޔާމީންގެ ތާއީދާ އިތުބާރު ހޯދޭތޯ އެލެވެލް އަށް ވެއްޓިގެން މަސައްކަތް ކުރި އެވެ.

ފަލާހު ވިދާޅުވީ މިހާރު ވެސް މުލިއާގޭގައި ރައީސަކު އަނބިކަނބަލުން އެބަ އިންނެވި ކަމަށާ ނަމަވެސް އެފަދަ ނުބައި ވައްތަރު ކަންކަން ނުޖައްސާ ކަމަށެވެ. އަދި ވިދާޅުވީ އެންމެ ކުޑަމިނުން އެ ކަމަނާގެ ފޯނު ކޯލެއްވެސް ނާންނަ ކަމަށެވެ. އެކަމާ ދެރަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.