އެލައިޑުން ޓީޓީއެމް ފެއާގައި ދިނީ ތިން ފަރާތަކަށް އިންޝުއަރެންސް ޕްލޭންތަކެއް

އެލައިޑް އިންޝުއަރެންސްއަކީ ރާއްޖޭގެ އިންޝުއަރެންސް ވިޔަފާރީގައި އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

އެލައިޑުން އިންޝުއަރެންސް ޕްލޭނެއް ހަދިޔާ ކުރަނީ

ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް ފެއާ) ގެ ގާލާ އިވެންޓްގެ ތެރެއިން އެލައިޑް އިންޝުއަރަންސުން ތިން ފަރާތަކަށް ކޮމްޕްލިމެންޓަރީ އިންޝުއަރަންސް ޕްލޭންސް ހަދިޔާކޮށްފި އެވެ.

އަދާރަން ހުދުރަންފުށީގައި މިދިޔަ ހަފުތާގައި ނިމިގެން ދިޔަ މި މިއިވެންޓްގެ ތެރެއިން ނަސީބުވެރިން ހޮވާފައިވަނީ އިވެންޓަށް ދިޔަ ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އެގޮތުން އެލައިޑްގެ އެންމެ ފުރިހަމަ ޕްރިމިއަމް ވަރލްވައިޑް ޓްރެވަލް ޕްލޭން ލިބިފައިވަނީ އިބްރާހިމް ވަހީދާއި އަލީ ނާހިޒް އަށެވެ.

ހެލްތް އިންޝުއަރަންސް ޕްލޭންތަކުގެ ތެރެއިން، އެންމެ މަތީ ގިންތީގެ "ސިލެކްޓް ގޯލްޑް" ލިބިފައިވަނީ މުހައްމަދު މިރުސާދު އަށެވެ. އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން މިޕްލޭންސް ހަވާލުކޮށްދެއްވާފައިވަނީ ކުންފުނީގެ ސީ.އޯއޯ ޔޫލިއާނާ ރުސޭއީ އެވެ.

އެލައިޑް އިންޝުއަރަންސަކީ މި އަހަރުގެ ޓީޓީއެމްގެ އިންޝުއަރަންސް ޕާޓްނަރެވެ. އެގޮތުން އެލައިޑުން ފޯރުކޮށްދޭ އިންޝުއަރަންސް ސޮލިއުޝަންސް އާއި ބެހޭ ގިނަ ގުނަ މައުލޫމާތު ވަނީ އެގްޒިބިޓަރުންނާއި ހިއްސާކޮށްފައެވެ.

އެލައިޑް އިންޝުއަރެންސް - އެލައިޑް އިންޝުއަރެންސް އުފެދިފައި ވަނީ 1985 ވަނަ އަހަރު މޯލްޑިވްސްގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ފަށައިގަތީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ އާއި މޯލްޑިވްސްގައި ވިޔަފާރީގެ ހުރިހާ ހަރަކާތެއް ހިންގާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ. އަދި 1987 ވަނަ އަހަރުގެ ކުރީކޮޅު އެސްޓީއޯއިން ވަނީ އެލައިޑް އިންޝުއަރެންސް ޗާޓަރުކޮށްގެން ކޮމާޝަލް ޔޫނިއަން އެޝުއަރެންސްގެ ހިއްސާ އަނބުރާ ގަނެ ދިވެހިންގެ އަމިއްލަ ކުންފުންޏަކަށްވި އެވެ. މިއަދު މި ކުންފުންޏަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ހިއްސާކުރާ އެންމެ ބޮޑު އެއް ފައިނޭންޝަލް އިންސްޓިޓިއުޓް އަދި އެންމެ ފާހަގަކޮށްލެވޭ އިންޝުއަރެންސް ބްރޭންޑެވެ. އެލައިޑް އަކީ ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ވޮލިއުމް އާއި ވިޔަފާރީގެ ފައިދާގެ ގޮތުން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.