"ކަމަނާ" އަކީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަނބަލުންނަށް ހިތްވަރެއް: ޕްރޮޑިއުސަރު

މި ފިލްމަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ލިބޭ އަނިޔާ އާއި ދެކޮޅަށް ތެދުވުމަށް މުޅި މުޖުތަމައު އަށް ދެވޭ ވޭކް-އަޕް ކޯލެކެވެ.

"ކަމަނާ" ގެ މެއިން ކެރެކްޓާ ގައި ފެނިގެންދާނީ އައްޒަ

"ކަމަނާ" އަކީ ހަމަ އެކަނި ފިލްމެއްނޫން ކަމަށާ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަނބަލުންނަށް ހިތްވަރެއް ކަމަށް ފިލްމްގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނެފި އެވެ.

މާދަމާ ރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ކަމަނާ'' އާ ގުޅޭގޮތުން ޕްރޮޑިއުސަރު ޝާނިޒް އަލީގެ ފޭސްބްކް ސްޓޭޓްގައި ބުނެފައިވަނީ މި ފިލްމަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ލިބޭ އަނިޔާ އާއި ދެކޮޅަށް ތެދުވުމަށް މުޅި މުޖުތަމައު އަށް ދެވޭ ވޭކް-އަޕް ކޯލެއް ކަމަށެވެ.

ފިލްމް ރިލީޒްކުރުމަށް ކުޑަތަން ވެފައިވާއިރު، މި ފިލްމާއި ދޭތެރޭ އާންމުންގެ ތަރުޙީބް ވަރަށް ބޮޑެވެ. އަދި ފިލްމްގެ ޓިކެޓް ވިއްކަން ފެށިފަހުން ފިލްމަށް އޮތް ޑިމާންޑް ބޮޑުވެ، ކޮންމެ ހަފްތާ ބަންދެއްގައި ދަންވަރު ޝޯތަކެއް އެޅުވުމަށްވެސް އެ ސްޓޫޑިއޯ އިން ވަނީ ނިންމާފައެވެ.

އެގޮތުން މާދަމާ އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 8:30 ގެ ޝޯވގެ އިތުރުން 11:30 ގައި ފިލްމްގެ ޝޯވ ތައް ދައްކާނެ އެވެ.

ދިވެހި ފިލްމް ކަމަނާ އަކީ ދިވެހިރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރު އެވެ.

ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.