ދެ ކިލޯ އަށްވުރެ ގިނައިން ޑުރަގް ހުރި ލަގެޖަކާއި ހަވާލުވާން ދިޔަ މީހަކު ހައްޔަރަށް

ފުލުހުން ހިންގި ޑްރަގް އަތުލައިގަތުމުގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފައިލް ފޮޓޯ

ޓްރެފިކިން މިންގަނޑަކަށް ފެތޭ ވަރަށް މަަސްތުވާތަކެތި ހުރި ލަަގެޖަކާއި ހަވާލުވާން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހދ. ކުމުންދޫ، ނަރުގިސްވިލާ، އަހުމަދު އައްފާން، 25އ އެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި އޭނާ 15 ދުވަހު ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.

ބަންދު އަމުރުގައިވާގޮތުން އައްފާން މި ލަގެޖާއި ހަވާލުވާން ދިޔައީ އޭނާގެ ރައްޓެއްސަކު ބުނެގެން ކަމަށާއި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އޭނާ ފުލުހުންނަށް އެއްބާރުލުން ދީފައިވާ ކަމަށެވެ.

އަމުރުގައި ބުނެފައިވަނީ މިއީ ގިނަ ބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކަމެއް ކަމަށސް ބެލެވޭ ކަމަށެވެ. އަދި މި ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 2.2 ކިލޯ ހުރި ކަމަށްވެސް އމަުރުގައި ވަނީ ބުނެފަ އެވެ. އަދި އައްފާންގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށާއި ބަންދުން ދޫކޮށްލައިިފިނަމަ މުޖުތަމައުގެ ސަލމަތަށް ނުރައްކާވާނެ ކަމަށްވެސް އަމުރުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.