ގައްދޫ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް ޝަފުރާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް
ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ފުލުހަށް ހާޒިރުވާން އަންގައި އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ ހޯދަމުންދަނީ ގދ. ގައްދޫ، ދިލާވަރުގެ، ޝަފުރާ އަބްދުﷲ އާދަމް،25އ، އެވެ.
ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަަނީ ގައްދޫ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް ޝަފުރާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާގެ ވަނަވަރު އާންމުކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް ޝަފުރާ ހާޒިރުވާން އަންގާފައި ވަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައިވަނީ ކުޑަކުއްޖަކަށް އެ ކުއްޖާގެ ދޮންމަންމަަ ކަމަށް ބުނާ މީހަކު އަނިޔާކުރާ ވީޑިއޯއެއް ވައިރަލްވެފައެވެ. ނަމަވެސް މިއީ އެ ވީޑިއޯ އިން ފެންނަ އަންހެން މީހާ ނޫން ކަން "މިރާ" އަށް ވަނީ އެނގިފައެވެ.