ފިހާރައެއްތެރޭ ބަނގުރާ ވިއްކައި، ވަގު ޑޮލަރު ގެންގުޅުނު 2 ބިދޭސީން ބަންދަށް

ބަލައިފާސްކުރުމުގެ ތެރޭގައި ފިހާރައިގެ ގުދަނުން ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އަމުރުގައިވެ އެވެ. އޭގެ އިތުރުން ވަގު ޑޮލަރު ވެސް ފުލުހުން ވަނީ އެތަނުން ހޯދާފަ އެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

މާލޭގެ ފިހާރައެއްގެ ގުދަނުގައި ބަހައްޓައިގެން ބަނގުރާ ވިއްކައި، ވަގު ޑޮލަރު ގެންގުޅުނު އިންޑިއާ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 43 އަހަރާއި 42 އަހަރުގެ އިންޑިއާ ދެ ފިރިހެނުންނެވެ. 

މި ދެ މީހުން ބަންދު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ، މއ. ޓްޗްމާޓުގައި ބަނގުރާ ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ފިހާރައިގެ ވެރިފަރާތުގެ ހުއްދައާއެކު އެތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ބަލައިފާސްކުރުމުގެ ތެރޭގައި ފިހާރައިގެ ގުދަނުން ގިނަ އަދަދެއްގެ ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އަމުރުގައިވެ އެވެ. އޭގެ އިތުރުން ވަގު ޑޮލަރު ވެސް ފުލުހުން ވަނީ އެތަނުން ހޯދާފަ އެވެ. ނަމަވެސް ގެންގުޅުނީ ކިހާ އަދަދެއްގެ ފައިސާ އަދި ވަގު ޑޮލަރު ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.

މި ދެ މީހުންނަކީ ވެސް ގަވާއިދާ ހިލާފަށް އުޅެމުންދާ ދެ ބިދޭސީންނެވެ. ދެ މީހުން ވެސް ވަނީ ކުށަށް އިއުތިރާފް ވެފަ އެވެ. އެކަން އެކަން ކުރަނީ ފިހާރައިގެ އެއްވެސް ވެރިއަކަށް ނޭންގި ކަމަށް ވެސް ދެ މީހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މި މައްސަލައިގައި ދެ މީހުން ވެސް ވަނީ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.