ހުޅުމާލެ ފޭސް 2 ގައި ހުރި ގަވާއިދާ ހިލާފު 6 ކެފޭއެއް ބަންދުކޮށްފި

އޭގެ އިތުރުން، ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއެއް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފަ އެވެ.

ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ބިދޭސީންތަކެއް މީގެ ކުރިން އިމިގްރޭޝަނުން ހިފަހައްޓާފައި --

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހަ ކެފޭ އެއް ބަންދު ކުރަން ނޯޓިސް ދީފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ޓާސްކް ފޯހުން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަށް ކެފޭ އެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ ކެފޭ ހިންގަނީ ގަވާއިދާ ހިލާފަށް ކަމުން އެތަންތަން ބަންދު ކޮށްފައިވާ ކަމަށެވެ.

މި އޮޕްރޭޝަނުހައި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޗްޕީއޭގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބައިވެރިވެފަ އެވެ. ހުރިހާ އިދާރާއަކުން ބެލުމަށްފަހު އެތަންތަން ބަންދު ކުރަން ނޯޓިސް ދީފައި ވަނީ ސާފުތާހިރުކަމުގެ މިންގަނޑާ ވެސް ހިލާފުވެފައިވާތީ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއެއް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަނުގައި، ބިދޭސީން ހިންގާ ވަރަށް ގިނަ ތަންތަން މިހާތަނަށް ބަލައިފާސްކޮށް، ތަންތަން ދަނީ ބަންދު ކުރަމުންނެވެ. ދާދިފަހުން ވަނީ މަޝްހޫރު ދެ ސެލޫނެއް ވެސް ބަންދުކޮށް، އެތަންތަން ހިންގަމުން ދިޔަ ބިދޭސީން ޑީޕޯޓް ކޮށްލާފަ އެވެ.

އަދި، ވަރަށް ނުތާހިރުކޮށް ކާބޯތަކެތި ހަދާ ތަންތަން ވެސް ވަނީ ބަލައިފާސްކުރުމަށްފަހު ބަންދު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.