ރިލްވާންގެ ބައްޕަ ނިޔާވެއްޖެ

އޭނާ ނިޔާވީ މިރޭ އުމުރުން 79 އަހަރުގަ އެވެ. ކަށުނަމާދު އޮތީ މާދަމާ އަސުރު ނަމާދަށް ފަހު އެވެ.

ރިލްވާންގެ ބައްޕަ

ވީނުވީއެއް ނޭންގި ގެއްލިފައިވާ އަހްމަދު ރިލްވާން އަބްދުﷲގެ ބައްޕަ އަބްދުﷲ މޫސާ -- ދިއްދޫ އަބްދުﷲ ނިޔާވެއްޖެ އެވެ. 

އޭނާ ނިޔާވީ މިރޭ އުމުރުން 79 އަހަރުގަ އެވެ. ކަށުނަމާދު އޮތީ މާދަމާ އަސުރު ނަމާދަށް ފަހު އެވެ.

ރިލްވާން ގެއްލުނު ފަހުން އަބްދުﷲ ގެންދިޔައީ އެ ހާދިސާގެ ފަހަތުގައިވާ ކަންކަން ހޯދާ އިންސާފު ގާއިމު ކުުރުމަށް ގޮވާލަމުންނެވެ. މަގުމަތީ ހިންގުނު ކޮންމެ ހަރަކާތެއްގައި އެންމެ އިސްކޮށް އޭނާ ހުރެ އެވެ.

އާންމުންނާއި މީޑިއާތަކުގެ ބޮޑު ސަމާލު ކަމެއް އަބްދުﷲއަށް ހުއްޓުނެވެ.

ރިލްވާންގެ ކަރުބުރިކޮށް ކަނޑުފެއްތީ

ވީނުވީއެއް ނޭންގި ގެއްލިފައިވާ އަހްމަދު ރިލްވާން އަބްދުﷲގެ ކަރުބުރިކޮށްލައި މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

  •  ގަދަކަމުން ކާރަށް އެރުވީ ރިލްވާން
  •  ކާރުގެ ވެރިފަރާތަކީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފް
  •  ކާރުގެ ތެރެއިން ރިލްވާންގެ މައިފުށުގެ ޑީއެންއޭ ފެނިފައިވޭ
  •  ކާރުގައި ގެންގޮސް އެރުވީ ޑިންގީއަކަށް
  •  ޑިންގީގައި ގޮސް ކަންނެލި ދޯންޏަކަށް
  •  ދޯނީގައި ކަރުބުރިކޮށް ވަނީ ކަނޑު ފައްތާފައި
  •  އޭގެ ކުރީން ކަލިމަ ލައިދިން ކަމަށް ވޭ
  •  އެކަން ކުރީ ގިނަ ބަޔަކު ބައިވެރިވެގެން
  •  ދޯނީގަައި ތިބި މީހުންގެ ތެރެއިން ހަ މީހަކު ސީރިއާއަށް ދިޔަ
  •  ބައެއް މީހުން ވަނީ މަރުވެފައި

ރިލްވާން ވަގަށް ނަގާ މަރާލުމަށްފަހު އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި ބައެއް މީހުން ސީރިއާގައި ކުރަމުން ދިޔަ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށްވެސް ތަހުގީގު ރިޕޯޓްގައި ވެއެވެ. އަދި ރިލްވާނަށް ދީފައިވާ އިންޒާރު ތަކަށް ފަހު އޭނާ ވަގަށް ނަގާ މަރާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުން ދުރާލާ ރާވައިގެންކަން ތަހުގީގަށް އެނގޭ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.