ޑޮލަރުން މުސާރަ ދޭނަމަ އިންކަމް ޓެކުހާއި ޕެންޝަން ޑޮލަރުން ދައްކަން ޖެހޭ ގޮތް ހަދަނީ

ގެންނަ މި ބަދަލާއެކު ޑޮލަރުން މުސާރަ ދޭނަމަ ޕެންޝަނާއި އިންކަމް ޓެކްސް ވެސް ދައްކަން ޖެހޭނީ ޑޮލަރުންނެވެ. މި ގެންނަ ބަދަލާއެކު އިތުރު 70 މިލިއަން ޑޮލަރު އިތުރުވާނެ އެވެ.

ކެބިނެޓްގެ ބައްދަލްވުމެއް ކުރިއަށް ދަނީ

ޑޮލަރު އިތުރު ކުރުމުގެ ގޮތުން ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަނާއި ކޯޕަރޭޓް އިންކަމް ޓެކުސް، ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ޑޮލަރު އިތުރު ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ މި ވަގުތުން ވަގުތަށް ގެންނަން ނިންމި ބަދަލާއެކު ޑޮލަރުން މުސާރަދޭ ކުންފުނި ތަކުން ޕެންޝަނާއި ކޯޕަރޭޓް އިންކަމް ޓެކްސް ވެސް ޑޮލަރުން ދައްކާ ގޮތަށް ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށެވެ. އެއީ މިއަދުގެ ކެބިނެޓް ބައްދަލްވުމުގެ ނިންމުމެކެވެ.

މީގެ އިތުރުން އެފަދަ ކުންފުނިތަކުން ކަސްޓަމްސް ޑިއުޓީ ވެސް ދައްކަން ޖެހޭނީ ޑޮލަރުންނެވެ.

"ގިނަ ފަހަރު ޝަކުވާއެއް ޑޮލަރުން މުސާރަދޭ ކުންފުނިތަކުން ބްލެކް މާކެޓުގައި ޑޮލަރު މާރު ކުރާ ވާހަކަ. އެހެންވެ މި ބަދަލު ގެންނަނީ. މި ބަދަލު ގެނައުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް މިވަގުތުން ވަގުތަށް ގެންނަން ސަރުކާރުން ވަނީ ނިންމާފަ،" ހުޝާމް ވިދާޅުވި އެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ބަދަލުތަކާއެކު 70 މިލިއަން ޑޮލަރު އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ. 

ސަރުކާރުން ވަނީ ރާއްޖެ އަށް ވަންނަ ޑޮލަރު އިތުރު ކުރުމުގެ ގޮތުން އިތުރު ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މިއަދު ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.