އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން އަނެއްކާ ވެސް ނިންމައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން ކުރީންވެސް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. ނަމަވެސް އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅަން އެ ޕާޓީން ކޯޓަށް ދިޔަ އެވެ. މައްސަލަ ނިމުނީ ވެސް އެ ޕާޓީގެ ކޮޅަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެމްއާރްއެމްގައި، ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މެއި 2023 ގަ އެވެ.
ނަމަވެސް މައުމޫން ކުރީން އުފެއްދެވި ފަދަ -- ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފަދަ ވަރުގަދަ ޕާޓީއަކަށް އެމްއާރްއެމް ނުހެއްދެވުނެވެ. އެމްއާރްއެމް ގައި އިސްކޮށް ހުންނެވީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ. އެ ޕާޓީގެ މިހާރުގެ ރައީސަކީ ވެސް ފާރިސް އެވެ.
މެންބަރުން އިތުރުކޮށް ކާމިޔާބު ޕާޓީއަކަށް އެމްއާރްއެމް ހެދުމުގައި ފާރިސްއަށް ކާމިޔާބު ހޯއްދެވޭ ގޮތެއް ނުވި އެވެ.