"ރާއްޖޭގެ މާލީ ހާލަތު މިވަގުތު ކިޔައިދިނުން މުހިންމު"

ރައީސް ނަޝީދު ވިދާޅުވީ މާލީ ހާލަތު މި ހިސާބަށް ދިޔަގޮތާއި ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި، އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުހަަައްމަދު ނަޝީދު --

ރާއްޖޭގެ މާލީ ހާލަތު ސާފުބަހުން ރައްޔިތުންނަށް ހާމަކުރުމަށް ސިޔާސީ ލީޑަރުންގެ ޒިންމާ މިވަގުތު ވަރަށް ބޮޑު ކަމަށާއި އެ ޒިންމާ އަދާކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑަށް ޑޮލަރު ނުނެގޭނެ ކަމަށް ހާމަކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރައްވާ ޖެހި ޕޯސްޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލީ ހާލަތު މި ހިސާބަށް ދިޔަގޮތާއި ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި، އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއިން މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.

ކުރިން އޮތް ގޮތުންނަމަ ދިވެހި ރުފިޔާ އެކައުންޓަކީ ޕްރައިމަރީ އެކައުންޓެއްނަމަވެސް 250 ޑޮލަރުގެ މިންވަރަށް ވިޔަފާރި ކުރެވެ އެވެ. ފާޑިކިޔުންތައް އަމާޒުވުމުން ބެންކުން މިހާރުވަނީ މި ބަދަލު ރިވިއު ކުރުމަށް ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.