ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓު ކުޑަކޮށްފި

ބޭންކުން މި ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ. މި ބަދަލާއެކު ދިވެހި ރުފިޔާ އެކައުންޓަކީ ޕްރައިމަރީ އެކައުންޓެއްނަމަ ޑޮލަރު ލިމިޓެއް ނުލިބޭނެ އެވެ.

ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއިން މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.

ކުރިން އޮތް ގޮތުންނަމަ ދިވެހި ރުފިޔާ އެކައުންޓަކީ ޕްރައިމަރީ އެކައުންޓެއްނަމަވެސް 250 ޑޮލަރުގެ މިންވަރަށް ވިޔަފާރި ކުރެވެ އެވެ. 

ގޯލްޑް ކާޑް ލިމިޓް 100 ޑޮލަރަށް ދަށަށް

ބީއެމްއެލް އިން ބުނީ މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރާނެ އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ. 

ބޭންކުން ވަނީ މީގެ ކުރިން ވެސް މި ބަދަލު ގެންނަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ބޭންކުން ނުރަސްމީކޮށް މި ވާހަކަތައް އެކި ސިފަ ސިފާގައި ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. މި ބަދަލު ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ބޭންކް އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.