ދެ އަހަރެއްގެ ހިސާބުން ބިރުވެރިކަން | ވޭޕް އެތެރެވުން މައްޗަށް، ސިނގިރެޓް މެކުހަށް

މިދިޔަ އަހަރު 140.645 އަށްވުރެ ގިނަ ވޭޕިން ޑިވައިސް އާއި 350 މިލިއަން ސިނގިރެޓް ރާއްޖެ އެތެރެކޮށްފައިވެ އެވެ.

ވޭޕް

ޑޮކްޓަރާއި ސިއްހީ މާހިރުންދޭ އިންޒާރަކީ އާއްމު ސިއްހަޔަށް މިވަގުތު އޮތް އެންމެ ބޮޑު ހަތުރަކީ ދުންފަތެވެ. ޒަމާނަށް އައި ބަދަލާއެކު ދުންފަތުގެ އިސްތިއުމާލު ކުރަން "އީ- ސިނގިރެޓް " އާއި "ފުއްޕާމޭ ދުމުގެ ގެދަބުޅިއަކަށްވާ ޕޭޕު އައުމާއެކު މި ނުރައްކާ ވަނީ ބޮޑުވެފަ އެވެ. އެކަމަކު މި އިންޒާރު ދިނަސް މި ބޭނުން ކުރާ މީހުންގެ އަދަދު އެންމެ ތަންފުކެއްވެސް މަދެއް ނުވެ އެވެ. އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއްވާ ދުންފަތުގެ އިސްތިއުމާލް ކުރަން ބޭނުން ކުރާ އާލާތްތަކުން ކަސްޓަމަށް ބޮޑު ޑިއުޓީ އެއް ނެގިޔަސް މި ތަކެތި އެތެރެ ކުރުންވެސް ހުއްޓުމެއް ނެތެވެ. 

މޯލްޑިވްސް ކަސްޓަމުން "މިރާ" އިން ހޯދި ދެ އަހަރެއްގެ ހިސާބުތަކެއް އަޅައި ކިޔާލުމުން ގައިން ހީބިހި ނަގައިގެންދަނީ މި ތަކެތި އެތެރެ ކުރަން ކުރަމުން ގެންދާ ބޮޑު ހަރަދެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ވޭޕު އާއްމު ވިޔަސް ސިނގިރެޓް އެތެރެ ކުރުމަށް ހުއްޓުމެއް ނެތެވެ. ސިނގިރެޓް އެތެރެ ކުރުން މެކުހަށް ޖަހައި އަދި މި މައްސަލަ ގޯސްވެގެން ދަނީ ވޭޕް އެތެރެ ކުރުން ހައްދުން ނައްޓާލައިގެން ދިއުމެވެ. 

މިދިޔަ އަހަރު 350 މިލިއަން ސިނގިރެޓް އެތެރެކުރި

ރާއްޖޭން ސިނގިރެޓަށް ޑިއުޓީގެ ގޮތުގައި ނަގަނީ 25ރ. އެވެ. ކަސްޓަމްސްގެ ހިސާބުތަކުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު ދުންފަތް ހިމެނޭ 356 މިލިއަން ސިނގިރެޓް ރާއްޖެ އެތެރެ ކުރަން 251 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވެ އެވެ. ނުވަތަ  ކުރުކޮށް ބުނާނަމަ 251 މިލިއަން ރުފިޔާގެ ސިނގިރެޓް އެ އަހަރު ވަނީ ރާއްޖެ އަށް އެތެރެކޮށްފަ އެވެ. ޑިއުޓީގެ ގޮތުގައި އެ އަހަރު ދައުލަތަށް ސިނގިރެޓުން 1.1 ބިލިއަން ރުފިޔާ ދެއްކި އެވެ. އަދި މިދިޔަ 2023 ވަނަ އަހަރު 350 މިލިއަން ސިނގިރެޓް ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. މި ތަކެތި އެތެރެ ކުރަން 265 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ އަހަރު ވެސް 1.1 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ސިނގިރެޓުން ޑިއުޓީގެ ގޮތުގައި ލިބިފަ އެވެ. 

ޑިއުޓީ ކުޑަ ވޭޕު އެތެރެކުރުން ބޮޑުތަން އިތުރު

ސިނގިރެޓާއި ވޭޕް 2023 ވަނަ އަހަރު އެތެރެކުރި މިންވަރާއި އެތެރެކުރަން ހޭދަކުރި ފައިސާގެ އަދަދު -- ކަސްޓަމްސް

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިސްޓައިލަށް އައި ބަދަލާއެކު މިހާރު ބޭނުން ކުރާ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާލާތްތައް އެތެރެ ކުރުމުގެ ޓްރެންޑުން ފެންނަނީ މާ ނުރައްކާތެރި މަންޒަރެއް ފެނެ އެވެ. ވޭޕާއި މިއާ ގުޅުންހުރި ތަކެތީގެ ހިސާބުތައް ދައްކާ ގޮތުގައި ފެންނަނީ ނުރައްކާތެރި މަންޒަރެވެ. އެ މަންޒަރަކީ ރާއްޖޭގައި މިތަކެތީ ބޭނުން ކުރުން ގިނަވިނަމަވެސް ހިސާބުތަކުން މިތަކެތި ދައްކާ އަދަދު މަދުކަމެވެ. ކަސްޓަމަސް އިން މިހާރު ވަނީ އެންމެ ފަހުން ގަވައިދަށް ގެނައި ބަދަލާއެކު އެ ދޮރުތައް ބަންދުކޮށްފަ އެވެ. ވޭޕު ޑިވައިސުން ޑިއުޓީގެ ގޮތުގައި ނަގަނީ 25 ޕަސެންޓެވެ.

ހިސާބުތައް ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖެއަށް ވޭޕިން ޑިވައިޒް އެތެރެ ކުރަން 16 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ އަހަރު 220،781 ޕޭޕިން ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. އެކަމަކު މި ތަކެތީގެ ޑިއުޓީގެ ގޮތުގައި ދައްކާފައިވަނީ 3.8 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ 2023 ވަނަ އަހަރު ވޭޕު ކުރަން ބޭނުން ކުރާ 140.645 ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. މި ތަކެތި އެތެރެ ކުރަން 12 މިލިއަން ހަރަދުކޮށްފައިވެ އެވެ. އަދި ޑިއުޓީގެ ގޮތުގައި ދައްކާފައިވަނީ 2.8 މިލިއަން ރުފިޔާ އެވެ. 

61 ޓަނުގެ އީ ސިނގިރޭޓް އެތެރެކުރޭ

"އީ- ސިނގިރޭޓަ" ށް ޑިއުޓީގެ ގޮތުގައި 200 ޕަސެންޓް ނަގަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިކޮޓިން ހިމެނޭ އެކަމަކު އަނދާ ނުލައި ދުންފަތުގެ އިސްތިއުމާލް ކުރަން ބޭނުން ކުރާ "އީ-ސިނގިރެޓް" ގެ 55،000 ކިލޯ ގްރާމް ނުވަތަ 61 ޓަނުގެ ތަކެތި 2022 ވަނަ އަހަރު ރާއްޖެ ވަނީ އެތެރެކޮށްފަ އެވެ. އަދި މި ތަކެތި އެތެރެކުރަން އެ އަހަރު 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޑިއުޓީގެ ގޮތުގައި އެ އަހަރު 16 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ދައްކާފަ އެވެ. ޖެހިގެން އައި 2023 ވަނަ އަހަރު 4،760 ކިލޯގްރާމްގެ މިފަދަ ތަކެތި އެތެރެކޮށްފައިވެ އެވެ. މި ތަކެތީގެ އަގު 9 މިލިއަން ރުފިޔާ އަށް އަރާއިރު ދައުލަތަށް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރު ވެސް 16 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.