ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު ހަމަޖައްސަވައިފި

ސައީދު އެ މަގާމަށް އައްޔަނު ކުރައްވާފައި މިވަނީ ކުރީން އެ މަގާމުގައި ހުންނެވި ޒީނާ، އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މުހައްމަދު ސައީދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު،  މުހައްމަދު ސައީދު އައްޔަނު ކުރައްވައިފި އެވެ.

ސައީދު އެ މަގާމަށް އައްޔަނު ކުރައްވާފައި މިވަނީ ކުރީން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު، ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޕީބީސީން މިހާރު ވަނީ އެ މަގާމަށް ސައީދު އައްޔަނު ކުރައްވާފައިވާކަން ހާމަ ކޮށްފަ އެވެ. ޕީއެސްއެމްގެ މުވަައްޒިފުންނަށް ވެސް މިހާރު ވަނީ އެކަން އަންގާފަ އެވެ.

ކުންފުނީގެ މުވައްޒިފުންނަށް ފޮނުވި އިންޓާނަލް ނޯޓިސް ގައި ބުނެފައި ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑް މެންބަރު ކަމާއި މެނޭޖިން ޑިރެކްޓަރު ކަމަށް ގ. ދިލްކަޝް މުހައްމަދު ސައީދި ޕީސީބީން މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ސައީދަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމެއް ވަރަށް ދިގު މުއްދަތަކަށް ފުރުއްވި ބޭފުޅެކެވެ. ފަހުން ހުންނެވީ ސިޓީ އިންވެސްޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

ޒީނާގެ ކުއްލި އިސްތިއުފާ، ސަބަބެއް ނޭންގެ

މަގާމުން އިސްތިއުފާ ދެއްވިކަން ޒީނާ"މިރާ" އަށް ޔަގީން ކޮށް ދިން ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ވިދާޅެއް ނުވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޒީނާ އައްޔަނު ކުރީ ނޮވެންބަރު 28 ވަނަ ދުވަހު އެވެ. ޒީނާ ވަނީ ޕީއެސްއެމްގެ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެންނަވާފަ އެވެ. ހާއްސަކޮށް ކުންފުނީގައި އޮތް ބޮޑު ދަރަނި ހަލާސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ދަރަނި ވަރަށް ބޮޑަށް ކުޑަ ކުރެއްވި އެވެ. އަދި ޓީވީއާ ރޭޑިއޯގެ އުފެއްދުންތަކުގެ ރަނގަޅު ކުރެއްވުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި އެވެ.

ޒީނާ ޒާހިރަކީ ކުރިން ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޒީނާއަކީ މިހާރު ވެސް ލައިފް ސްޓައިލް އޮންލައިން މެގަޒިންއެއް "ޒީ ޓައިމްސް" ގެ ނަމުގައި ހިންގަވާ ބޭފުޅެކެވެ.

ގދ. ގައްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާޒީނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ އަކީ ޕީއެސްއެމްގެ ފުރަތަމަ އަންހެން އެމްޑީ އެވެ. 

ކޮމެންޓް

1
450
އަލީ ރަމީޒް
2 weeks ago

ޒީނާ މަސައްކެއް ނުކުރެ. ގާބިލިއްޔަތުކަމެއް ނެތް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.